މާލެ: 31°C

އުމުރާ ގުރޫޕަކަށް މަކަރާ ހީލަތް ހެދުމުގެ ދައުވާ

January 25, 2025
212 ފަހަރު ބަލާފައި
އުމުރާ ގުރޫޕަކަށް މަކަރާ ހީލަތް ހެދުމުގެ ދައުވާ
ހައްޖާ އުމުރާގެ އަޅުކަމަށް މީހުން ގެންދިޔުމަށް ދިން ހުއްދަ ބާތިލް ކުރުމުން، ޓްރެވެލް އެޖެންސީއަކަށް ނަން ބަދަލު ކޮށްގެން ހުސްވި އަހަރުގެ ރަމަޟާން މަހު އުމުރާއަށް މީހުން ގެންދިޔަ އަލް މަޝްއަރު ޕްރައިވެޓް ލިމިޓެޑާއި އެ ކުންފުންޏާ ގުޅުން ހުރި އެހެން ކުންފުނިތަކަށް މަކަރާއި ހީލަތް ހަދައި ފައިސާ އަށް ހިޔާނާތްތެރިވެފައިވާ މައްސަލާގައި ދައުވާކުރުމަށް ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

އުމުރާއަށް މީހުން ގެންދިޔަ ޓްރެވެލް އެޖެންޓަށް ފައިސާ ދައްކަން ދިން ޗެކުތަކެއް ބައުންސްވި މައްސަލާގައި މަޝްއަރު ގްރޫޕަށް ދައުވާކުރަން ހުސްވި ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު ޕީޖީ އަށް އޮތީ ފޮނުވާފަ އެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ވިދާޅުވީ އެ ދައުވާގެ އިތުރަށް 27 މީހުންގެ އަތުން 500،000ރ އަށް ވުރެ ގިނަ ފައިސާ ނަގައި، މަކަރާއި ހީލަތް ހަދައި ފައިސާ އަށް ހިޔާނާތްތެރިވެފައިވާ މައްސަލައެއްގައި ދައުވާކުރުމަށް ހުސްވި ހަފްތާގެ އާދިއްތަ ދުވަހު ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ދައުވާކުރަން ފޮނުވާފައިވަނީ މަޝްއަރު ކުންފުނީގެ ވެރިޔާ ކ.މާލެ / މ. ހަވީރީ ފިނި އަލީ ފާރިޝްގެ އިތުރުން ޓްރިއާ ޕްރައިވެޓް ލިމިޓެޑާއި ހާފް ޓޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.

މި އަހަރު އުމްރާއަށް މީހުން ގެންގޮސް ހާލުގައި ޖެއްސި ހިޖުރަ ކުންފުނި، އިސްލާމިކް މިނިސްޓްރީން އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވެ އެވެ. އެ ކުންފުންޏާ އޭގެ ހިއްސާދާރުން ހިމެނޭ އެހެން ކުންފުނިތަކަށް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުމަށް މިނިސްޓްރީން ނިންމާފައިވެ އެވެ. އޭގެ އިތުރުން އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ހިލާފުވެފައިވާތީ އެ ކަންކަމުގެ ކުޑަބޮޑު މިނަށް ބަލައި، 19 ކުންފުންޏެއް 5 ހާސް ރުފިޔާއިން ޖޫރިމަނާކުރި އެވެ. އެ ކުންފުނިތަކުގެ ނަމެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީން ދީފައިވާ ރަސްމީ ލައިސަންގެ ދައްކައިގެން އުމްރާއަށް ފުރަން ކަމަށް ހަދައި އެމްއެމްއޭ އިން ޑޮަލަރު ނަގައި، އުމްރާއަށް ނުދިޔަ ކުންފުންޏެއް މައްސަލަވެސް ލިބިފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އިތުރަށް ބަލައި، އެކަން ސާބިތުވެއްޖެ ނަމަ އެކުންފުނި 30 ހާސް ރުފިޔާއިން ޖޫރިމަނާކޮށް ހުއްދަ ހިފަހައްޓާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ