އުމްރާނީ ތަރައްގީގައި ވިލުންތެރިކަން އިސްކުރުމަކީ އިގްތިސާދީ ތަރައްގީއަށް މަގުފަހިކޮށްދޭ މައިގަނޑު އަސާސެއް: ރައީސް ޑރ.މުއިއްޒު

އުމްރާނީ ތަރައްގީގައި ވިލުންތެރިކަން އިސްކުރުމަކީ އިގްތިސާދީ ތަރައްގީއަށް މަގުފަހިކޮށްދޭ މައިގަނޑު އަސާސެއް: ރައީސް ޑރ.މުއިއްޒު
ލިޔުން:
އުމްރާނީ ތަރައްގީގައި ވިލުންތެރިކަން އިސްކުރުމަކީ އިގްތިސާދީ ތަރައްގީއަށް މަގުފަހިކޮށްދޭ މައިގަނޑު އަސާސެއްކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނުކުފާން މިހެން ވިދާޅުވީ، "ބިލްޑިންގް ޕްރޮޑަކްޓިވް ކެޕޭސިޓީސް އިން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް" ގެ ނަމުގައި އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި ޙަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި މޭރުމުން ރައީސް ދެއްކެވި ވާހަކަފުޅުގައި، އެންމެންގެ ބައިވެރިވުން އޮންނަ، ދުރު ރާސްތާގެ އިގްތިސާދީ ކުރިއެރުމެއް ހާސިލުކުރުމަށްޓަކައި އުފެއްދުންތެރިކަން އިތުރުކޮށް، ގާބިލުކަން އިތުރުކުރުމުގެ ބޭނުންތެރިކަމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.
ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ކުޑަ އާމުދަނީއެއް ލިބޭ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮއްވައި، މެދުމިނުގެ އާމްދަނީ ލިބޭ ގައުމަކަށް ރާއްޖެ ބަދަލުވުމަށް އެންމެބޮޑު ބާރެއްލިބުނީ ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރައި ދިއުމުންކަން ފާހަގަކުރެއްވިއެވެ. އަދި މެދުމިނުގެ އާމުދަނީގެ މަރުޙަލާ ކަޑަައްތުކޮށް ޤައުމުގެ ތިޔާގިކަން އިތުރުކުރުމުގައި މިހާރު ހުރި ގޮންޖެހުންތަކުގެ މައްޗަށްވެސް ބައްލަވައިލެއްވިއެވެ. އަދި އުފެއްދުންތެރިކަމާ، މާލީ ގާބިލުކަން އިތުރުކޮށް، އިގްތިސާދު ސިންދަފާތުކުރުމަށް، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން މިކުރާ މަސައްކަތްތަކަށް ބައިނަލްއަގުވާމީ މުޖުތަމައުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެންޓީގާ އެންޑް ބާބިޔުޑާ އެޖެންޑާ ފޮރ ސިޑްސްގައި އެކަށައެޅި 10 އަހަރުގެ މަގުޗާޓުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންކުރެވިދާނެ މައިގަނޑު ތިން އިސްތިރާޖެއް ހުށަހެޅުއްވިއެވެ.
އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ؛ ފަންނިއްޔާތު ކުރިއެރުވުމެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ދިވެހިރާއްޖެއިން ބައިނަލްއަގްވާމީ މާރުކޭޓާއެކު ކުރާ މުއާމަލާތް ފުޅާކުރުމަށްޓަކައި، ބައިނަލްއަގްވާމީ ޕޭމަންޓް ގޭޓްވޭއަށް މަގުފަހިކޮށްދެއްވާނެކަން ތަކުރާރު ކުރައްވާފައެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ؛ އުމްރާނީ ތަރައްގީގައި ވިލުންތެެރިކަމަށް އިސްކަންދިނުމުގެ މުހިންމުކަމެވެ. މިގޮތުން ބައިނަލްއަގުވާމީ ސަޕްލައި ޗެއިންތަކަށް މަގުފަހިކޮށް އައު އިންވެސްޓްމަންޓްތައް ގައުމަށް ހޯދައިދިނުމަށްޓަކައި، ދަތުރުފަތުރާއި ހަކަތައާއި ޑިޖިޓަލް ގުޅުންތަކަށް ބޭނުންވާ އަސާސީ ވަސީލަތްތައް ގާއިމުކުރަންވާނީ މި ޒަމާނުގެ ތަރައްގީއާ ފައިހަމަވާނޭގޮތަށް ކަމުގައި ވިދާޅުވިއެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ؛ ހަގީގީ ހާލަތުގެ މައްޗަށް ރިޢާޔަތްކޮށް ސިޔާސަތު ކަނޑައެޅުމުގެ މުހިންމުކަމެވެ. މިގޮތުން އދ. ގެ ވިޔަފާރިއާ ތަރައްގީއާ ބެހޭ ޖަމްއިއްޔާ 'އަންކްޓެޑުން' ވަޒަންކުރަމުން ގެންދާ 'ދަ ޕްރޮޑަކްޓިވް ކެޕޭސިޓީސް އިންޑެކްސް'ގެ ބޭނުންތެރިކަމާއި، ޢިލްމީ ނިންމުންތަކާއި ދިރާސާތަކުގެ އަލީގައި އިގްތިސާދަށް އިސްލާހީ ބަދަލުތައް ގެނައުމަށްޓަކައި މަސައްކަތްކުރާ ގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައީސް ވަނީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ، ރާއްޖެއަށް ހާއްސަ ޕޮލިސީ އިންޓަރވެންޝަންތައް ދެނެގަތުމުގައި ރާއްޖެއާއެކު މަސައްކަތްކޮށްދެއްވުމަށް، 'އަންކްޓެޑާއި' އެ ނޫންވެސް މިކަމާ ގުޅުންހުރި އދ. ގެ އިދާރާތަކަށާއި ޖަމާޢަތްތަކަށް ދައުވަތު ދެއްވައިފައެވެ.
އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވައިލެއްވީ، އީޖާދީކަންކަމަށް މަގުފަހިކޮށްދޭނެ، އަދި އުފެއްދުންތެރިކަމުގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުން ހިފޭނެ، ހަރުދަނާ ހުށަހެޅުންތަކެއް ހުށަހަޅުއްވައި ދެއްވުމަށް މި ހަރަކާތުގެ އެންމެހާ ޕެނަލިސްޓުންގެ ކިބައިން އެދިވަޑައިގަންނަވަމުންނެވެ.
މި ހަރަކާތަކީ، ޔުނައިޓަޑް ނޭޝަންސް ކޮންފަރަންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓެޑް) އާއި ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނަޑީންސް އަދި ދިވެހިރާއްޖެއިން ގުޅިގެން ބާއްވާ ހަރަކާތެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
