
މިއަހަރު އުމްރާއަށް މީހުން ގެންދިޔަ ގްރޫޕަކުން އެއާލައިންތަކަށް ޓިކެޓްގެ ފައިސާ ނުދައްކާ މައްސަލައެއް ފެންމަތިވެއްޖެ
މިއަހަރު އުމްރާއަށް މީހުން ގެންދިޔަ ގްރޫޕަކުން އެއާލައިންތަކަށް ޓިކެޓްގެ ފައިސާ ނުދައްކާ މައްސަލައެއް ފެންމަތިވެއްޖެ
ލިޔުން:
މިއަހަރު ރާއްޖެއިން 100އެއްހާ މީހުން އުމްރާއަށް ގެންދިޔަ ގްރޫޕަކުން އެއާލައިންތަކަށް ޓިކެޓްގެ ލާރި ނުދައްކާ އޮތް މައްސަލައެއް ފެންމަތިވެއްޖެއެވެ.
އަލްމަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕުން މިއަހަރުގެ ރަމަޟާން މަހަށް އުމުރާއަށް ގެންދިޔަ 100 އެެއްހާ މީހުންގެ އެއާ ޓިކެޓަށްވާ ފައިސާ މިހާތަނަށްވެސް ދައްކާފައި ނުވާތީ ޓްރެވެލް އެޖެންޓުންނާއި އެއާލައިންތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިނިވަންއަށް އެނގިފައިވާ ގޮތުގައި އަލްމަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕުން އެކި އެއާލައިންތަކަށް ލައްކައަކަށްވުރެ ގިނަ ޑޮލަރު ދައްކަން ޖެހި ނުދައްކާ އެބައޮތެވެ.
އޭސް ޓްރެވެލްސް އެންޑް އޭސް އޭވިއޭޝަންގެ އިސްވެރިއެއްކަމަށް މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި މިދިޔަ ހޯމަ ދުވަހު ފުރާފަ އޭޕްރީލް 16 ވަނަ ދުވަހު އެނބުރި ރާއްޖެ އަންނަ ގޮތަށް އެ އުމްރާ ގްރޫޕަށް ވިއްކާފައިވާ ފަންސާހަށްވުރެ ގިނަ ޓިކެޓަށްވާ ފައިސާ ނުލިބިގެން ތަކުރާރުކޮށް އެކުންފުންޏަށް ފައިސާ ދެއްކުމަށް އެންގުމުންވެސް މިހާތަނަށް އެއްވެސް ފައިސާއެއް ދައްކާފައެއް ނުވެއެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި އެމިރޭޓްސްއާއި ސައުދީ އެއާލައިނުން އެ ގުރޫޕަށް ވިއްކާފައިވާ ޓިކެޓަށްވެސް ފައިސާ ނުލިބިގެން އެއާލައިންތަކުގެ އެޖެންޓުން ދަނީ އަލްމަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕަށް ފަހުގެ އިންޒާރު ދެމުންނެވެ.
މުހައްމަދު ފިރާގު ވިދާޅުވި ގޮތުވައި އަލްމަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕުން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އެކުންފުންޏަށް ދައްކަން ޖެހޭ ފައިސާ ދައްކާ ހަލާސްނުކޮށްފިނަމަ އުމުރާއަށް ފަހު އެނބުރި އަންނަ ސެކްޓަރގެ ހުރިހާ ޓިކެޓެއް ކެންސަލްކޮށް އުމްރާ ގުރޫޕާމެދު ގާނޫނީ ފިޔަވަޅު އަޅާނެއެވެ. އެގޮތަށް އަމަލުކުރަން ޖެހުނީ ކުންފުނީގެ ވިޔަފާރި މަސްލަހަތު އިސްކޮށް، ކުންފުންޏަށް ވެދާނެ ގެއްލުން ކުޑަކުރުމަށްޓަކައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެއާލައިންތަކުން ބުނެފައިވަނީ އަލްމަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕާ މިހާތަނަށް ކުރެވުނު މުޢާމަލާތްތަކުން އެދެވޭ ނަތީޖާއެއް ލިބިފައިނުވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
