މާލެ: 31°C

އުމްރާއަށް ގޮސް އުޅުނު ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އުމްރާއަށް ގޮސް އުޅުނު ދިވެހި ފިރިހެނަކު ނިޔާވެއްޖެ
April 25, 2023
2 ފަހަރު ބަލާފައި
އުމްރާއަށް ގޮސް އުޅުނު ދިވެހި ފިރިހެނަކު ނިޔާވެއްޖެ
އަލްބުރޫޖު ޖަމާއަތުގައި، އުމްރާއަށް ގޮސް ހުރި، 83 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާ ކަމަށް އެޖަމާއަތުން ބުނެފިއެވެ. އަލްބުރޫޖުގެ ފޭސްބުކް ޕޭޖުން ބުނިގޮތުގައި ނިޔާވެފައި ވަނީ ، ގއ. ކޮލަމާފުށީ މުހައްމަދު ޒަކީއެވެ. އޭނާ ނިޔާވީ  ރޭ މައްކާ ގަޑިން 12 ޖަހާ އެހާކަށް ހާއިރުކަމަށާއި ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުލް ހަރަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައި އެގްރޫޕުން ބުންޏެވެ. އޭނާ ނިޔާވީ މަދީނާ ޒިޔާރަތުގައި ދެ ދުވަސް ހޭދަކުރުމަށް ފަހު، އިތުރު އުމުރާއެއް ކުރުމަށް މަދީނާގެ މީގާތު ޒުލް ހުލައިފާއިނުން އިހުރާމް ބަނދެގެން އައިސް، މައްކާގެ ހޮޓަލަށް ދިޔަތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަމަށް ވެސް އެ ޖަމާއަތުން ބުނެފައިވެއެވެ. މި ދަތުރުގައި ޒަކީއާ އެކު އޭނާގެ އާއިލާގެ ގިނަ މެމްބަރުން ބައިވެރިވެފަިއވާކަމަށް އަލް ބުރޫޖު ޖަމާއަތުން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ