މާލެ: 31°C
އުލިގަމު ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހްކޮށްދެއްވައި، އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވައިފި

އުލިގަމު ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހްކޮށްދެއްވައި، އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވައިފި

July 19, 2023
2 ފަހަރު ބަލާފައި
އުލިގަމު ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހްކޮށްދެއްވައި، އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހއ. އުލިގަމަށް ވަޑައިގެން އެރަށުގެ ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހްކޮށްދެއްވައި އެރަށުގެ އިންޖީނުގެއާ ފެނަކަ އޮފީސްއިމާރާތް ހުޅުއްވައިދެއްވައިފިއެވެ. އުލިގަމު ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ކުރިޔަށްގެންގޮސްފައި ވަނީ ސްޓެޓިކް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. އުލިގަމު ފެނަކަ އޮފީސް އިމާރާތާއި އައު އިންޖީނުގެއަކީ ޖާގަތަނަވަސް އަދި ބޭނުންވާ ޒަމާނީ ވަޞީލަތްތަކާއެކު އިމާރާތްކޮށްފައިވާ ތަނެކެވެ. މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައ އިމާރާތްކޮށްފައިވާ އެރަށުގެ އައު އިންޖީނުގެއިން މިހާރު 458 ކިލޯވޮޓްގެ ކަރަންޓް އުފެއްދޭނެއެވެ. ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ