
އުއްޗުގެ ތާއީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް
އުއްޗުގެ ތާއީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް
ލިޔުން:
މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ތާއީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އޮތް ކަން އޭނާ މިއަދު ހާމަކުރައްވައިފި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އުއްޗުގެ ތާއީދުގެ ރައީސް ސޯލިހަށް އޮތް ކަން ހާމަކުރެއްވީ އޭނާގެ ރިސޯޓެއް ކަމަށްވާ ޗަމްޕާގިރީގައި ރައީސް ސޯލިހުގެ ދެކަނބަލުންނަށް މިއަދު ބޭއްވި ރޯދަވީއްލުމަކުންނެވެ. "އިބޫ 23" ޖަހާފައިވާ ޖާޒީއެއް، އެ ރޯދަވީއްލުމުގެ ކުރިން އުއްޗު ރައީސް ސޯލިހަށް އެރުވި އެވެ.
ޗަމްޕާގިރީގައި މިއަދު ބޭއްވި ރޯދަވީއްލުމުގައި ރައީސް ސޯލިހުގެ އިތުރުން ބައެއް ވަޒީރުންނާިއ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އުއްޗުއަކީ 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސްކަމަށް ވަޑައިގެންނެވުމަށް ކުރި ކެމްޕޭނުގައި ވެސް އެމަނިކުފާނަށް ތާއީދުކުރެއްވި ބޭފުޅެކެވެ. އޭގެ ފަހުން ވެސް އެ ދެބޭފުޅުންގެ ގުޅުން އޮތީ ވަރަށް ބަދަހިކޮށެވެ. އެހެން ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދުވަސްވަރު އެ އިންތިހާބުގައި ރައީސް ސޯލިހާ ވާދަކުރެއްވި ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އޭނާ ބައްްދަލުކުރެއްވުމުން އެއީ ނަޝީދަށް ކުރެއްވި ތާއީދެއް ކަމަށް ވާހަކަ ދެކެވުނެވެ. އެހެން ނަމަވެސް އުއްޗު އޭރުވެސް އެކަން ކަށަވަރުކޮށެެއް ނުދެއްވަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
