މާލެ: 31°C

އުފާވެރިކަމުގެ އިންޑެކްސްގައި ބަލާނެ އަށް ދާއިރާއަކަށް ޚިޔާލު ހޯދަނީ

March 21, 2025
134 ފަހަރު ބަލާފައި
އުފާވެރިކަމުގެ އިންޑެކްސްގައި ބަލާނެ އަށް ދާއިރާއަކަށް ޚިޔާލު ހޯދަނީ
ދިވެހިންގެ އުފާވެރިކަމުގެ މިންގަނޑު ނުވަތަ ރާއްޖޭގެ ހެޕިނެސް އިންޑެކްސް ހިސާބުކުރުމުގައި ބަލާނެ 8 ދާއިރާއަކަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.

ދިވެހިންގެ އުފާވެރިކަމުގެ މިންގަނޑު ނުވަތަ ރާއްޖޭގެ ހެޕިނެސް އިންޑެކްސް ހިސާބުކުރުމުގައި ބަލާނެ 8 ދާއިރާއަކަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާ ހަވާލުކޮށްގެންނެވެ.

ދުނިޔޭގެ އުފާވެރިކަމުގެ ދުވަހާ ދިމާކޮށް، ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ވަނީ މި މަޝްރޫއުގެ ތަފްސީލުތައް ހާމަކުރައްވާފަ އެވެ. މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ދިވެހިންގެ އުފާވެރިކަން ހިސާބުކުރުމުގައި ބަލާނެ 8 މައިގަނޑު ދާއިރާ ވަނީ ފާހަގަކުރައްވާފަ އެވެ.

އިންޑެކްސްގައި ބަލާނެ ދާއިރާތައް

މި އިންޑެކްސްގައި ބަލާނެ ދާއިރާތަކުގެ ތެރޭގައި އިސްލާމްދީނާ އެއްގޮތަށް އަމަލުކުރުން، ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީއަށް އަމަލުކުރުން، އިގްތިސާދީ ކުރިއެރުމާއި އުފެއްދުންތެރިކަން، އަދި ސިއްހަތާއި ދުޅަހެޔޮކަން ހިމެނެ އެވެ. މީގެއިތުރުން، ޓެކްނޮލޮޖީ އާއި މީޑިއާ ބޭނުންކުރުން، ސަގާފަތާއި އާދަކާދަ ދިރުވުން، އަމާންކަމާއި ރައްކާތެރިކަން، އަދި މުޖުތަމައުގެ ބަދަހި ގުޅުން ވެސް ހިމެނެ އެވެ.

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލެވޭ އުފާވެރިކަމުގެ އިންޑެކްސް އެވެ. މި އިންޑެކްސްގެ ސަބަބުން ދިވެހި މުޖުތަމައުގެ އުފާވެރިކަމުގެ މިންގަނޑު ވަޒަންކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެ އެވެ. އަދި މި އިންޑެކްސްގެ ނަތީޖާތަކަށް ބިނާކޮށް، ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމަށް މަގުފަހިވެގެންދާނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ