ޤައުމެއްގައި އުފާވެރިކަން އަށަގަތުމަށް އެބައެއްގެ މާދަރީ ބަހާއި ސަޤާފަތާއި ތަރިކައާއި ފަންނު މުހިންމު ދައުރެއް އަދާކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދިވެހިންގެ އުފާވެރިކަމުގެ މިންގަނޑު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދިވެހިންގެ އުފާވެރިކަމުގެ މިންގަނޑު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ ވަނީ އުފާވެރިކަމުގެ މިންގަނޑު "އުފާވެރި ރާއްޖެ" ލޯގޯ އިފްތިތާޙްކޮށްދެއްވާފައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާވަނީ ރާއްޖޭގެ ޤައުމީ ހަޔާތުގައި މިއީ ފުރަތަމަ ފަހަރަށް ދިވެހި ޤައުމުގެ އުފާވެރިކަމުގެ ނިސްބަތް ދެނެގަތުމުގެ މަޝްރޫޢު ފެށޭ ދުވަސްކަން ފާހަގަކުރައްވައި މިއީ ޤައުމަށް ލިބިގެންދާ ބޮޑު އުފަލެއްކަކަމަށް ވިދާޅުވެފައެވެ. އަދި މިއީ ޑިމޮކްރެސީގެ އުސޫލުތަކަށް ހިތްވަރުދޭ ސަރުކާރުތަކުން ބަލައިގަންނަ ކަމެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
ސާޖިދާގެ ވާހަކަފުޅުގައިވަނީ އުފާވެރިކަން އެކި މީހުން މާނަކުރާ ގޮތަށްވެސް އަލިއަޅުވާލައްވާފައެވެ. އެކަމަނާ ވިދާޅުވީ ޢިލްމީ ގޮތުންނާއި ބަހުގެ ގޮތުން އުފާވެރިކަން މާނަކުރާގޮތް ތަފާތުކަމަށެވެ. ސާޖިދާ ވިދާޅުވީ ޤައުމެއްގައި އުފާވެރިކަން އަށަގެންނެވުމަށް ބަހާއި ސަޤާފަތާއި، ތަރިކައާއި ފަންނުވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށެވެ.
"ޒަމާނުއްސުރެ އެބައެއްގެ މާދަރީ ބަހުން ހެދިފައި ހުންނަ ކިޔާފައި ހުންނަ ޖޯކުތަކާއި، އުފަންވެފައި ހުންނަ ބުއްދިވެރި ބުނުންތަކާއި ވާހަކަތަކާއި މިނޫންވެސް އަދަބީ އުފެއްދުންތަކުން އުފާވެރިކަން ލިބިގަތުމަކީ ދުނިޔޭގެ ޤައުމުތަކުން ވަރަށް ފުޅާދާއިރާއެއްގައި ބަލައިގަންނަ ކަމެއް" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ އިންސާނާއަށް އުފާވެރިކަން ލިބޭ ސަބަބުތަކުގެ ތެރޭގައި އުފާވެރި ދިރިއުޅުމަކަށްޓަކައި އިންސާނާއަށް ފަހިވާކަންކަން ހިމެނޭކަމަށެވެ. އެގޮތުން ޖަމާޢަތެއް ނުވަތަ ބައެއްގެ އުފާވެރިކަމުގެ ނިސްބަތް ދެނެގަތުމުގައި މާލީ ފުދުންތެރިކަމާއި، ނަފްސާނީ ހަމަޖެހުމާއި، ރޫހާނީ މުއްސަނދިކަމާއި، ސިއްޙީ ދުޅަހެޔޮކަން، އިޖްތިމާޢީ ފުދުންތެރިކަމާއި ތަރިކައާއި ސަގާފަތުން ދޭ ހިތްފަސޭހަކަން ހިމެނޭކަމަށް އެކަމަނާ ވިދާޅުވިއެވެ.
މާތްވެގެންވާ އިސްލާމްދީން އިރުޝާދު ދޭ ގޮތުގައި އިންސާނާގެ ހިތަށް ހަޤީގީ ހަމަޖެހުމާއި އުފާވެރިކަން ލިއްބައިދެނީ ހަމައެކަނި މާތްﷲ ހަނދުމަކުރުމުން ކަމަށާއި، ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުމުން ކަމަށް ސާޖިދާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ ހަޤީގީ އުފާވެރިކަމުގެ ކިއްލާއަކީ އީމާންތެރިިކަމުގެ ނޫރުން އަލިވެފައިވާ ހިތެއްކަމަށެވެ.
ދިވެހިންގެ އުފާވެރިކަމުގެ މިންގަނޑު އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާއިރު، މި މިންގަނޑު އެކުލަވާލުމަށް ދިރާސީ މަސައްކަތް ކުރާނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމުންނެވެ. އެގޮތުން އުފާވެރިކަމުގެ އެކި ބަހާތަކަށް މި ދިރާސާ ބަހާލައިގެން، މުޖްމަތަޢުގައި ހުރިހާ އެންމެންގެ ބައިވެރިވުން ހިމަނާ މިދިރާސާގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އައިޔޫއެމުން ވިދާޅުވެއެވެ.
އުފާވެރިކަމަށް ބަހާއި ސަގާފަތާއި ތަރިކަ ވަރަށް މުހިއްމު: މެޑަމް ސާޖިދާ

ޤައުމެއްގައި އުފާވެރިކަން އަށަގަތުމަށް އެބައެއްގެ މާދަރީ ބަހާއި ސަޤާފަތާއި ތަރިކައާއި ފަންނު މުހިންމު ދައުރެއް އަދާކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދިވެހިންގެ އުފާވެރިކަމުގެ މިންގަނޑު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
