މާލެ: 31°C

ތުރުކީ-ސޫރިޔުާ ބިންހެލުން: މަރުވި މީހުންގެ އަދަދު 24،000 އަށް ވުރެ މައްޗަށް، މުޅިތަނުން ދުވަނީ ކުނިވަސް

February 11, 2023
2 ފަހަރު ބަލާފައި
ތުރުކީ-ސޫރިޔުާ ބިންހެލުން: މަރުވި މީހުންގެ އަދަދު 24،000 އަށް ވުރެ މައްޗަށް، މުޅިތަނުން ދުވަނީ ކުނިވަސް
ތުރުކީ-ސޫރިޔުާ ބިންހެލުން: މަރުވި މީހުންގެ އަދަދު 24،000 އަށް ވުރެ މައްޗަށް، މުޅިތަނުން ދުވަނީ ކުނިވަސް
މިދިޔަ ހޯމަ ދުވަހު ތުރުކީއާއި ސޫރިޔާއަށް އައި ބާރުގަަދަ ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު 24،000 ވުރެ މަތިވެފައި ވާއިރު ، އިމާރާތްތަކުގެ ދަށުން ދިރިތިބި ބަޔަކު ދެން ފެނިދާނެ ކަމުގެ އުއްމީދު ކުޑަވެފައިވާ ކަމަށާއި ބިންހެލުމުގައި ގެއްލުން ލިބުނު ތަންތަނުން ދުވަނީ ކުނިވަސް ކަމަށް ބައިނަލް އަގުވާމީ ނޫސްއެޖެންސީތަކުން ބުނެފި އެވެ. ތުރުކީގެ ކަހްރަމަންމަރާސް ގައި ތިބި އަލްޖަޒީރާގެ މުރާސިލުންނާ ހަވާލާދީ އެ އެޖެންސީން ބުނީ އެ ޝަހަރުގައި ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުން ދިރިތިބި މީހުން ފެނެތޯ، އަދިވެސް ގިނަ މަސައްކަތްތަކެެއް އެބަކުރާ ކަމަށާއި އެހެން ނަމަވެސް ދިރިތިބި ބަޔަކު ދެން ފެނިދާނެކަމުގެ އުއްމީދު ކުޑަވެފައިވާ ކަމަށެވެ. އެހެން ނަމަވެސް މީހުން ސަލާމަތްކުރުމުގެ މަަސައްކަތްކުރާ ފަރާތްތަކުން އަދިވެސް އަންނަނީ 24 ގަޑި އިރު، ވެސް މެދުކަނޑައި ނުލައި މަސައްކަތްކުރަމުންނެވެ. "މުޅިތަނުން އަހަރެމެންނަށް އިހުސާސްވަނީ މަރުވެފައިވާ މީހުންގެ ހަށިތަކުގެ [ކުނި] ވަސް، އެތައް ހަށިތަކެއް، [އިމާރާތްތަކުގެ ދަށުން] ނެރުނުތަން އަހަރެމެންނަށް ވަނީ ފެނިފައި. ވީނުވީއެެއް ނޭނގޭ އެތައް ބަޔަކު އަދިވެސް އެބަވޭ،" ކަހްމަންމަރާސްގައި ހުރި އަލްޖަޒީރާގެ މުރާސިލު، ރެސުލް ސަރުދާރާރު ބުނިކަމަށް އެ އެޖެންސީގެ ހަބަރުގައި ވެ އެވެ. ރިކްޓަމިންގަނޑުން 7.8 ގެ ބާރުމިނުގައި ހޯމަ ދުވަހު އައި ފުރަތަމަ ބިންހެލުމާއި އޭގެ ފަހުން އައި 7.6 ގެ ބާރުމިނުގެ ބިންހެލުމުގައި ތުރުކީއާއި ސޫރިޔާއިން މަރުވި މީހުންގެ ެައަދަދު 24،000 ފަހަނައަޅައި ދިޔަ އިރު އޭގެ ތެރެއިން 20،000 އަށް ވުރެ ގިނަ މީހުންނަކީ ތުރުކީން މަރުވި މީހުންނެވެ. މަރުވި މީހުންގެ އަދަދު މިހާ މަތިވި އިރު ބިންހެލުުމުގައި ގެދޮރު ހަލާކުވެ، ހާލުގައި ޖެހުނު މީހުންގެ އަދަދު ވެސް ތުރުކީގައި ގިނަ އެވެ. ބިންހެލުމުގައި ހަލާކުވި ސަރަހައްދުތަކުން އެހެން ހިސާބުތަކަށް ގެންދިޔަ މީހުންގެ އަދަދު މިހާރު ވަނީ 93،000 އަށް ވުރެ މަތިވެފަ އެވެ. އެމީހުން އެހެން ތަންތަނަށް ގެންދިއުމަށާއި ގެއްލުނު މީހުން ހޯދުން ފަދަ މަސައްކަތްތަކުގައި ތުރުކީގެ ކަމާ ބެހޭ އިދާރާތަކުގެ 166،000 މީހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. ބިންހެލުމުގައި މަރުވި ކަމަށް ސޫރިޔާއިން އަދި ރިޕޯޓްކޮށްފައި ވަނީ 3،500 ގެ މީހންނެވެ. އެހެން ނަމަވެސް ބިންހެލުމުގެ ސަބަބުން ގެދޮރު ހަލާކުވެ، ހާލުގައި ޖެހުނު މީހުންގެ އަދަދު ސީރިއާގައި ވަރަށް މައްޗެވެ. އދ އިން ބުނީ އެގައުމުގެ 5.3 މީހުންގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ކަމަށެވެ. އަދި މިހާރުން މިހާރަށް ކާބޯތަކެތީގެ އެހީ ބޭނުންވާ 870،000 މީހުން ސީރިއާގައި އެބަތިބި ކަމަށް ވެސް އދ. އިން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ