
ތުރުކީގައި ތިބި ދިވެހިންގެ ހާލު ރަނގަޅު: ފޮރިން މިނިސްޓްރީ
ތުރުކީގައި ތިބި ދިވެހިންގެ ހާލު ރަނގަޅު: ފޮރިން މިނިސްޓްރީ
ލިޔުން:
ތުރުކީގައި ތިބީ ދިވެހިންގެ ހާލު ރަނގަޅުު ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
މިވަގުތު ތުކުރީގައި ތިބީ 14 ދިވެހިން ކަމަށާއި، އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ. ފޮރިން މިނިސްޓްރީއިން ބުނީ މި މަހުގެ 6 ވަނަ ދުވަހު ތުރުކީއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ތުރުކީގައި ތިބި ދިވެހިންގެ ހާލު ފޮރިން މިނިސްޓްރީއާއި، ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނުން ބަލަމުންގެންދާ ކަމަށެވެ.
މިިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ތުރުކީގައި ތިބި އެއްވެސް ދިވެއްސަކަށް، ބިންހެލުމުގެ ސަބަބުން ގެއްލުމެއް ލިބިފައި ނުވާކަމަށާއި، އެމީހުންގެ ހާލުވެސް ރަނގަޅުކަމަށެވެ. ތުރުކީގައި ތިބި ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ ނުވަތަ ޖެނީވާގައި ހުންނަ މިޝަނުގައި ރަޖިސްޓްރީކޮށްފައި ނުވާ ފަރާތްތަކުން ވީހާވެސް އަވަހަށް ރަޖިސްޓަރ ކުރުމަށް ވެސް ވަނީ ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފައެވެ.
ތުރުކީގައި ތިބި އެއްވެސް ދިވެއްސަކު އެހީތެރިކަމަށް ބޭނުންޖެހިއްޖެ ނަމަ، މިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 7983400 އާ ގުޅުމަށް ފޮރިން މިނިސްޓްރީއިން ވަނީ އެދިފަ އެވެ.
ތުރުކީއަށް އައި ބިންހެލުމުގައި މިހާތަނަަށް 12،500 އަށް ވުރެން ގިނަ މީހުން މަރުވެފައިވާކަަމަށް ވަނީ ރިޕޯޓްކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
