
ތުރުކީވިލާތުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފި
ތުރުކީވިލާތުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފި
ލިޔުން:
ތުރުކީވިލާތުގައި ދިވެހިރާއްޖޭގެ އެންމެބަސީއެއް ހުޅުވައިފިއެވެ.
ރައީސް އޮފީހުން ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، "ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދަވާފައި ވާކަމަށެވެ.
ތުރުކީގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ގާއިމުކުރީ ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ފުޅާކޮށް، ދެ ޤައުމުގެ ދެމެދުގައި އޮންނަ ސިޔާސީ، އިޤުތިޞާދީ، އަދި ސަގާފީ ގުޅުންތައް އިތުރަށް ކުރި އެރުވުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މީގެ އިތުރުން ތުރުކީގައި ދިވެހިރާއްޖެ ތަމްސީލުކޮށް، އެ ޤައުމުގައި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުޞަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތްކުރުމާއި، ތުރުކީއަށް ޒިޔާރަތް ކުރާ ދިވެހިންނާއި އެގައުމުގައި ދިރިއުޅޭ ދިވެހިންނަށް، ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުމަކީވެސް އެމްބަސީއެއް ގާއިމްކުރުމުގެ އެންމެ މުހިއްމު އެއް ބޭނުމެވެ.
މީގެ އިތުރުން ތުރުކީގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މައުލޫމާތު ދީ އިންވެސްޓަރުން ރާއްޖެ ގެނައުމަށް މަގުފަހިކުރުމަށް، ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައްކުރުމާއި، ރާއްޖޭގެ އިންވެސްޓަރުންނަށް ތުރުކީގައި ހުރި ފުރުޞަތުތަކާބެހޭ މައުލޫމާތު ދީ އެފަދަ އިންވެސްޓަރުންނަށް ތުރުކީގައި ހުރި ފުރުޞަތުތައް ތަނަވަސްކޮށް ދިނުމަށް ދެ ޤައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު ކުރެވެންހުރި ކަންތައްތަކަށް މަގުފަހިކޮށްދިނުންވެސް ހިމެނެއެވެ.
ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.
ތުރުކީގައި ރާއްޖޭގެ އެންމެބަސީއެއް ހުޅުވާފައިވާއިރު، ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ރާއްޖެއިން ބޭރަށް އެންމެ ފުރަތަމަ ވަޑައިގެންނެވީވެސް ތުރުކީއަށްކަން ފާހަގަ ކޮށްލެވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
