
ތުރުކީއަށް ރާއްޖޭން ދޭ 1 މިލިޔަން މަސްދަޅުގެ ތެރެއިން 500،000 ދަޅު ގެންދަން ފަށައިފި
ތުރުކީއަށް ރާއްޖޭން ދޭ 1 މިލިޔަން މަސްދަޅުގެ ތެރެއިން 500،000 ދަޅު ގެންދަން ފަށައިފި
ލިޔުން:
ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ތުރުިކީއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ހާސް ބަޔަކު މަރުވެ، އެތައް ހާސް ބަޔަކު ހާލުގައި ޖެހުމުން ރާއްޖޭން އެގައުމަށް ދޭން ވައުދުވި އެއް މިިލިޔަން މަސްދަށުގެ ތެރެއިން 500،000 މަސްދަޅު (ފަސް ލައްކަ މަސްދަޅު) އެގައުމަށް ގެންދިއުމަށް ޓަކައި ޓާކިޝް އެއާލައިނާ ހަވާލުކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ތުރުކީއަށް ގެންދާ ފަސް ލައްކަ މަސްދަޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ގެންގޮސްފައިވާ ކަމަށާއި އެއާޕޯޓުން މަސްދަޅުތަކާ ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާއި ރާއްޖޭގައި ހުންނަ ތުރުކީގެ އޮނަރަރީ ކޮންސިއުލޭޓްގެ އޮފިޝަލުން ކަމަށެވެ. އެ ބޭފުޅުންނާ މަސްދަޅުތައް ރަސްމީކޮށް ހަވާލުކުރެއްވީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މިއަދު ހަވާލުކުރި ފަސް ލައްކަ މަސްދަޅު، ޓާކިޝް އެއާލައިނުން ގެންދާނީ ފަސް ދަތުރަކަށް ބަހާލައިގެންނެވެ. އެކަން ނިމޭނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށް ވެސް ބުންޏެވެ.
ތުރުކީއަށް އައި ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ރާއްޖޭން އެއް މިލިޔަން މަސްދަޅު ހަދިޔާކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވީ ފެބްރުއަރީމަހުގެ 10 ވަނަ ދުވަހު އެވެ.
ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ތުރުކީއާއި ސޫރިޔާއަށް އައި ބާރުގަދަ ދެ ބިންހެލުމާއި އެ ދެ ބިންހެލުމާ ގުޅިގެން އޭގެ ފަހުން އައި ލޮޅުންތަކުގައި 50،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
