މާލެ: 31°C
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

August 17, 2026
25 ފަހަރު ބަލާފައި

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރުމަށް ރުހުން ހޯދުމަށް ހިއުމަންރައިޓް ލޯ އިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ އަލްއުސްތާޛާ ސަމާޢު އަހުމަދު ނަޖީބުގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެ ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވާފައި ވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ މިހާރުވެސް އެ ކޮމިޝަނުގެ މެންބަރުކަން ކުރައްވާ ގދ. ތިނަދޫ، އަސޭގެ އަލްއުސްތާޛާ ސަމާޢު އަހުމަދު ނަޖީބުގެ ނަމާއި ހ. މީނާޒު، ޝަމްއޫން ހަމީދު ގެ ނަމެވެ.

އެޗްއާރުސީއެމް އަށް މެންބަރަކު އައްޔަނުކުރައްވަނީ އެ ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ސަމާއުގެ މެންބަރުކަމުގެ މަޤާމުގެ މުއްދަތު އަންނަ އޮކްޓޯބަރު 3 އަށް ހަމަވާތީ އެވެ.

މި ދެ ބޭފުޅުންގެ ތެރެއިން މިހާރުވެސް އެ ކޮމިޝަނުގެ މެންބަރުކަން ކުރައްވަމުންގެންދަވާ ސަމާއު އަކީ ހިޔުމަން ރައިޓްސް ލޯ ގެ ދާއިރާއިން މަތީ ތައުލީހު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އެގޮތުން އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މެލްބަން އިން މާސްޓާ އޮފް ހިއުމަން ރައިޓްސް ލޯ ހާސިލުކުރައްވާފައިވާ ސަމާއު ވަނީ އިންސާނީ ހައްގުތަކާ ބެހޭ ގިނަ ވޯކްޝޮޕްތަކާއި ސެމިނާތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

އަދި އދ ގެ ޔޫއެންސީއޭސީއަށް ރާއްޖޭން ކަނޑައެޅި މާހިރުންގެ ޓީމުގެ މެންބަރުކަންވެސް ސަމާއުވަނީ ކުރައްވާފައެވެ.

މީގެ އިތުރުން ސަމާއު ވަނީ 2015ވަނަ އަހަރުން ފެށިގެން ބަންޑާރަ ނައިބް އޮފީހުގެ ސްޓޭޓް އެޓާނީ ކަމާއި ސީނިއާ ސްޓޭޓް އެޓާނީގެ މަގާމާއި، ސްޓޭޓް ކައުންސެލްގެ މަގާމުވެސް އަދާކުރައްވާފައި ވެއެވެ.

އަދި އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އެޓޭޗެއްގެ މަގާމު ވެސް ސަމާއު ވަނީ އަދާކުރައްވާފައިވެއެވެ.

އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސް އޮފީހުން ހުޅުވާލީ މިދިޔަ ޖުލައި މަހުއެވެ.

އެޗްއާރުސީއެމަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ޖެންޑަރ އެންޑް ހިޔުމަން ރައިޓްސް ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެވޭނީ އެ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.

އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ މައްސަލަތައް ބަލާ އެޗްއާރުސީއެމަށް ސަމާއު އައްޔަންކުރެއްވީ އޮކްޓޯބަރު، 2021 ގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ