އިއްޔެ އެމެރިކާގެ ޕްލޮރިޑާގެ ގޮލްފް ރިސޯޓެއްގައި ހުންނަވަނިކޮށް އެމެރިކާގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް ޑޮނާޑް ޓްރަންޕް އަށް ބަޑިން ހަމަލާދޭން އުޅުނު މީހާ ހައްޔަރުކޮށް ދައުވާ އުފުލައިފިއެވެ.
ޓްރަންޕާ ދިމާލަށް ބަޑިން ހަމަލާދޭން މަސައްކަތްކޮސްފައިވަނީ ރަޔަން ވެސްލީ ރައުތު ކިޔާ އެމެރިގާހެ 58 އަހަރުގެ މީހެކެވެ. އެ ހާދިސާގައި އެމީހާ ޓްރަންޕަށް އަމާޒްކޮށް ބަޑިޖެހުމުގެ ކުރިން ޓްރަންޕްގެ ސެކިއުރިޓީއަށް ފެނިގެން އެމީހާ އާ ދިމާލަށް ބަޑިޖެހުމުން އެތަނުން ދުރައް ގޮސްފައިވެއެވެ. ނަމަވެސް އެމީހާ ހޯދައި 24 ގަޑިއިރުވެސް ނުވަނީ މިހާރު އެމީހާގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.އެމީހާ އޭކޭ 47 ގެ ހަތިޔާރެއް ބޭނުން ކޮށްގެން ޓްރަންޕަށް ހަމަލާދޭން މަސައްކަތްކޮށްފައިވަނީ އެވަގުތު ޓަރންޕް ހުންނެވި ހިސާބާ ގާތްގަނޑަކަށް 400 މީޓަރު ދުރުން ކަމަށް ވެއެވެ.
ހަމަލާއާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވީ އޭނާއަށް އެއްވެސް އަނިޔާއެއް ނުވެ ގަދަވެ ސަލާމަތުން ހުރި ކަމަށާއި ކުރާ މަސައްކަތް ހުއްޓުވަން މީހުން ކުރާ ކަންކަމާއެކު ދުވަހަކު ވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.
ހަމަލާ ދޭން އުޅުމުން އެމެރިކާ ސަރުކާރުން ވަނީ އެކަން ކުށްވެރިކޮށް، އެމެރިކާގައި އެއްވެސް ކަހަލަ އަނިޔާވެރި އަމަލެއް ހިތްވަރު ނުދޭނެ ކަމަށް ބުނެފަ އެވެ.
ޖުލައި މަހުގެ 13 ވަނަ ދުވަހުވެސް ކެމްޕޭނުގެ ރެލީއެއްގައި ވާހަކަ ދައްކަވަނިކޮށް ޓްރަންޕަށް ވަނީ ބަޑިން ހަމަލާދީފައެވެ. އެފަހަރުގެ ހަމަލާގައި ޓްރަންޕްގެ ކަންފަތައް ވަނީ ބަޑީގެ ވަޒަން އަރާފައެވެ. އެހަމަލާ ދިން މީހާ ވަނީ އެވަގުތު ޓްރަންޕްގެ ސެކިއުރިޓީން ހަމަލާދީ މަރާލާފައެވެ.







