މާލެ: 31°C

ޓްރާންސްޕޯޓް މިނިސްޓްރީ ހުޅުމާލެއަށް ބަދަލުވާން ހިދުމަތްތައް މެދުކަނޑާލަނީ

February 16, 2023
2 ފަހަރު ބަލާފައި
ޓްރާންސްޕޯޓް މިނިސްޓްރީ ހުޅުމާލެއަށް ބަދަލުވާން ހިދުމަތްތައް މެދުކަނޑާލަނީ
ޓްރާންސްޕޯޓް މިނިސްޓްރީ ހުޅުމާލެއަށް ބަދަލުވާން ހިދުމަތްތައް މެދުކަނޑާލަނީ
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ އޮފީސް އިމާރާތް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް އެނިމިސްޓްރީއިން ދެމުން އަންނަ ހިދުމަތް ވަގުތީގޮތުން މެދުކަންޑާލަން ނިންމައިފިއެވެ. އެމިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ އޮފީސް ހުޅުމާލެ އުމަރު ޒާހިރު އޮފީސް އިމާރާތަށް ބަދަލު ކުރުމުގެ މަސަތްކަތް ކުރުމަށް ޓަކައި މިއަދު މެނދުރުމަހު 14:30ހުން ފެށިގެން މިމަހުގެ 19ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް އެމިނިސްޓްރީގެ ގިނަ ހިދުމަތްތައް މެދުކަނޑައިލާނެ ކަމަށެވެ. މެދުކަނޑައިނުލާނީ އުޅަނދު ދުއްވުމުގެ ލައިސަންސާ ގުޅޭ ހިދުމަތްތައް އެކަންޏެވެ. [embed]https://twitter.com/MoTCAmv/status/1625894933591883776?s=20[/embed] ހިދުމަތްތައް މެދުކަންޑާލަން ޖެހިފައިވަނީ އެމިނިސްޓްރީ ހުޅުމާލެ އޮފީސް އިމާތާތައް ބަދަލު ކުރުމުގައި އެއިދާރާއިން ހިދުމަތް ދިނުމުގައި ބޭނުންކުރާ ސާވާ މެދުކަނޑާނުލާއި މި މަސައްކަތް ކުރިއަށް ގެންދެވެން ނެތުމުން ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ. ސަރުކާރުގެ އޮފީސްތައް ހިންގަން ހުޅުމާލޭގައި ހެދި އުމަރު ޒާހިރު އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވީ އިއްޔެ އެވެ.

އެ އިމާރާތް އެޅީ ދައުލަތުގެ ބަޖެޓުން 185 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ. އެތަނުގެ ކޮންމެ ފަންގިފިލާއެއްގައި 25،000 އަކަފޫޓް ހުންނާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މީގެކުރިން މައުލޫމާތު ދީފައިވެ އެެވެ.

މިީ އިމާރާތް ބޭނުންކުރުމަށް ހަމަޖެހިފައިވާ ގޮތަކީ :-
  • ގުރައުންޑް އަދި ފުރަތަމަ ފަންގިފިލާ – ޕާކިން އަށް ހާއްސަ
  • ދެވަނަ ފަންގިފިލާ – ޖެންޑާ މިނިސްޓްރީ
  • ތިންވަނަ ފަންގިފިލާ – ޓްރާންސްޕޯޓް މިނިސްޓްރީ
  • ހަތަރުވަނަ ފަންގިފިލާ – އެމެރިކާ އެމްބަސީ
  • ފަސްވަނަ ފަންގިފިލާ – ހަޔާ އެޑިއުކޭޝަން މިނިސްޓްރީ
  • ހަވަނަ ފަންގިފިލާ – މީޓިން ރޫމާއި ސެމިނާ ރޫމް އަދި ޓެރަސް
 
 
 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ