
ޓްރާންސްޕޯޓް މިނިސްޓްރީގެ އޮންލައިން ހިދުމަތްތައް އަނެއްކާވެސް މެދުކަނޑާލައިފި
ޓްރާންސްޕޯޓް މިނިސްޓްރީގެ އޮންލައިން ހިދުމަތްތައް އަނެއްކާވެސް މެދުކަނޑާލައިފި
ލިޔުން:
ޓްރާންސްޕޯޓް މިނިސްޓްރީއިން އޮންލައިންކޮށް ފޯރުކޮށްދޭ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
ޓްރާނސްޕޯޓް މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން އޮންލައިންކޮށްދޭ ހިދުމަތްތައް މެދުކަނޑާލީ، އޮންލައިން ސިސްޓަމްތަކުގެ މެއިންޓެނަންސް މަސައްކަތެއްކުރުމަށްޓަކާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން 1 ޖުލައި 2023 މިނިސްޓްރީގެ އޮންލައިން ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާނެ އެވެ.
ދައުލަތުގެ މީޑިއާގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސާލިހު ވިދާޅުވީ، މިދުވަސްކޮޅާއި ދިމާކޮށް އޮންލައިން ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލަން ނިންމީ، ސަރުކާރު ބަންދު ދުވަސްތަކަކީ އާއްމުކޮށްވެސް ހިދުމަތް ހޯދާ ނިސްބަތް މަދުވާނެ ދުވަސްކޮޅަކަށްވެފައި މިކަމުން އާއްމުންނަށްވެސް ވީހާ އުނދަގޫނުވާނެ ގޮތަކަށް ބެލުމަށްފަހުގައިކަމަށެވެ.
އަލީ ސާލިހް ވިދާޅުވީ، ކަނޑުއުޅަނދުފަހަރުގެ ރަޖިސްޓްރޭޝަނާއި ގުޅުންހުރި ކަންކަމާއި، ލައިސެންސްއާއި ގުޅުންހުރި ހިދުމަތްތައް މި މުއްދަތުގައި ވަގުތީގޮތުން މެދުކަނޑާލާނެ ކަމަށެވެ.
މެއިންޓެއިން އަށް ފަހު އިތުރު އިތުރު ފީޗާރސްތަކާއި އެކު ހިދުމަތްތައް ފަސޭހަވެގެން ދާނެ ކަމަށް ވެސް އަލީ ސޯލިހް ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ އިން ވަރަށް ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ދެމުންގެންދާ އިރު، މިދިޔަ މަހު ވެސް ދެދުވަހަށް ހިދުމަތް މެދުކަނޑާލާފައި ވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
