މާލެ: 31°C
ރާއްޖެއައި ޓޫރިސްޓުންގެ އަދަދު ހަތް ލައްކައިން މައްޗަށް

ރާއްޖެއައި ޓޫރިސްޓުންގެ އަދަދު ހަތް ލައްކައިން މައްޗަށް

April 24, 2024
3 ފަހަރު ބަލާފައި
ރާއްޖެއައި ޓޫރިސްޓުންގެ އަދަދު ހަތް ލައްކައިން މައްޗަށް
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 7 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %13.1 ކުރިއެރުމެކެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ މަންތްލީ ޓޫރިސްޓް އެރައިވަލް ރިޕޯޓްގައިވާގޮތުން ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 21 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 728،950 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %13.1 ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 644،721 ފަތުރުވެރިންނެވެ. އަހަރުގެ މިހާތަނަށް ވަކިވަކި މަސްމަހުގައި ފަތުރުވެރިން ޒިޔާރްތްކުރި އަދަދު: ޖަނަވަރީ: 192،385 ފަތުރުވެރިން ފެބްރުއަރީ: 217،392 ފަތުރުވެރިން މާރިޗު: 194،227 ފަތުރުވެރިން އޭޕްރީލް 21 ގެ ނިޔަލަށް: 124،946 ފަތުރުވެރިން ވަކިވަކި ޤައުމުތަކުން ފަތުރުވެރިން އަންނަ އަދަދަށް ބަލާއިރުވެސް މިއަހަރު ތެރޭގައި ބޮޑު ބަދަލުތަކެއް ވަނީ އައިސްފައެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 5 ޤައުމުގެ ތެރޭގައި ހިމެނެނީ: ޗައިނާ: 77،709 ފަތުރުވެރިން އިނގިރޭސިވިލާތް: 72،635 ފަތުރުވެރިން ރަޝިއާ: 72،336 ފަތުރުވެރިން އިޓަލީވިލާތް: 66،170 ފަތުރުވެރިން ޖަރުމަނުވިލާތް: 57،321 ފަތުރުވެރިން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6451 ފަތުރުވެރިން އާދެއެވެ. އަދި އެވްރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި 7.9 ދުވަސް ހޭދަކުރެއެވެ. ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި މިވަގުތު ރާއްޖޭގައި 62،232 އެނދު ވަނީ ނެރެފައެވެ. މީގެތެރޭގައި ރިސޯޓްތަކާއި، ހޮޓެލްތަކާއި، ގެސްޓްހައުސް އަދި ސަފާރީތައްވެސް ހިމެނެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ