
ޓޫރިޒަމް ރަނގަޅު، ޗައިނާ އެކަމަކު އަދިވެސް 8 ވަނައިގައި
ޓޫރިޒަމް ރަނގަޅު، ޗައިނާ އެކަމަކު އަދިވެސް 8 ވަނައިގައި
ލިޔުން:
ޗައިނާގެ ޓޫރިސްޓުން ރާއްޖެއަށް ދަތުރުކުރަން ފަށާތާ މަދު ހަފުތާ ތަކެއްގެ ތެރޭގައި އެގައުމަކީ އަނެއްކާ ވެސް ރާއްޖޭގެ ޓޮޕް މާކެޓަކަށް ވާނެ ކަމަށް ބެލި ނަަމަވެސް އެގައުމުން ޓޫރިސްޓުން އަންނަ ވަރު، މާޗް މަސް ނިންމައިލި އިރު މާބޮޑަށް އިތުރެއް ނުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި 10 ގައުމުގެ ލިސްޓްގައި ޗައިނާ އަދި ވެސް އޮތީ އަށް ވަނައިގަ އެވެ. އެއީ އެގައުމުގެ ޓޫރިސްޓުން އަންނަން ފެށިތާ ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެރި ހިސާބެކެވެ. ހިސާބުތަކުގައިވާ ގޮތުން ޗައިނާއިން މިދިޔަ މާޗް މަހު ރާއްޖެއަށް އައީ ޖުމްލަ 16،925 ޓޫރިސްޓުންނެވެ. އެއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ 3.3 ޕަސެންޓެވެ. މިއީ ފެބްރުއަރީ މަހު އެގައުމުން ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތްކުރި އަދަދާއި އަޅައި ބަލާއިރު ނިސްބަތުން ކުޑަ ކުރި އެރުމެކެވެ. ފެބްރުއަރީ މަހު އެގައުމުން ރާއްޖެއަށް 9،995 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. އެއީ އެ މަހު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ 2.9 ޕަސެންޓެވެ.
[embed]https://twitter.com/MoTmv/status/1642094237968896001?s=20[/embed]
ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައި އޮތީ ޗައިނާ ޓޫރިސްޓުން އަންނަން ފަށާތާ މަދު ހަފްތާތަކެއްގެ ތެރޭގައި އެގައުމު ހަތް ވަނަ އަށް އަރާނެ ކަަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ ޓޮޕް މާކެޓްތަކުގެ ހަތް ވަނައިގައި އަދި ވެސް އޮތީ އެމެރިކާ އެވެ. މާޗްމަހު އެގައުމުން ރާއްޖެއަށް 21،439 ޓޫރިސްޓުން އަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
