ޓޫރިޒަމް މިނިސްޓަރ ކަމުގެ މަޤާމުން އިބްރާހިމް ފައިސަލް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަކިކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިޞަލް، އެ މަގާމުން ވަކިކުރައްވައި އެ މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ހަވާލުކުރައްވާފައެވެ.
ފައިސަލް ޓޫރިޒަމް މިނިސްޓަރ ކަމުގެ މަޤާމުން ވަކިކުރައްވާފައި މިވަނީ ރަސްމީ ދަތުރުތައް ނުކުރެއްވުމަށް ފައިސަލް އަށް އަންގާފައިވާ ކަމުގެ އަޑުތަކަކާއި އަދި ފައިސަލްގެ ޕާސްޕޮޓް ހިފަހައްޓަން ފުލުހުން މަސައްކަތް ކުރެއްވި ކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށެވެ.







