މާލެ: 31°C

ޓޫރިޒަމް ދާއިރާއާ ގުޅޭ ގޮތުން ހަދާ ގާނޫނާއި ގަވާއިދުތަށް އެއްވެސް ހާލެއްގައި އުނދަގުލަކަށް ވެގެން ނުވާނެ: ކްރައުން ނަޒީރު

February 10, 2025
202 ފަހަރު ބަލާފައި
ޓޫރިޒަމް ދާއިރާއާ ގުޅޭ ގޮތުން ހަދާ ގާނޫނާއި ގަވާއިދުތަށް އެއްވެސް ހާލެއްގައި އުނދަގުލަކަށް ވެގެން ނުވާނެ: ކްރައުން ނަޒީރު
ޓޫރިޒަމް ދާއިރާއާ ގުޅޭ ގޮތުން ހަދާ ޤާނޫނާއި ޤަވާއިދުތަކުން ފަހިކޮށްދޭން ޖެހޭނީ އެ ދާއިރާގެ ތަރައްގީ ކަމަށާއި، އެއްވެސް ހާލެއްގައި އެ ޤާނޫނުތަކާއި ޤަވާއިދު ތަކަކީ އުނދަގުލަކަށް ވެގެން ނުވާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ސެކްރެޓަރީ ޖެނެރަލް އަދި ކްރައުން ކުންފުނީގެ އެއް ހިއްސާދާރު އަހުމަދު ނަޒީރު ވިދާޅުވެއްޖެ އެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި މަޓީގެ 35 ވަނަ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ނަޒީރު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީ އެ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި ރާއްޖެ އަމާންކޮސް ބޭއްވުމަށް ސަރުކާރަށް ދަންނަވާ ކަމަށާއި، ޓޫރިޒަަމަށް އެންމެ މުހިންމީ ޔަގީން ކަމާއި އަމާން މާހައުލެއް އޮތުން ކަމަށެވެ.

ނަޒީރު ގެ ވާހަކަފުޅުގައި އިތުރށް ފާހަގަކުރެއްވީ މިދިޔަ އަހަރު ޓޫރިޒަމަށް ދަތިތައް ކުރިމަތިވި ނަމަވެސް، ކާމިޔާބީތަކެއް ވެސް ހާސިލްކުރެވިފައިވާ ކަމަށާއި އެގޮތުން މިދިޔަ އަހަރުގެ ޓްރެވެލް ރިސިޓް 5.6 ބިލިއަން ޑޮލަރަށް އަރާއިރު ޓްރެވެލް ރިސިޓުގެ 83.6 ޕަސެންޓު ހިއްސާކުރަނީ ރިސޯޓުތައް ކަމަށެވެ. އަދި ދައުލަތަށް ވަންނަ އާމްދަނީގެ 95 ޕަސެންޓު މިދިޔަ އަހަރު ހޯދައިދިނީ ޓޫރިޒަމް ސެކްޓަރުން ކަމަށްވެސް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ