ޓޫރިޒަމަށް ދޫކުރާ ރަށްތައް ނުހަދާ ނަަމަ ބަދަލު ހޯދޭނެ މާއްދާއެއް ހިމަނަން ޖެހޭ: މައުސޫމު

ޓޫރިޒަމަށް ދޫކުރާ ރަށްތައް ނުހަދާ ނަަމަ ބަދަލު ހޯދޭނެ މާއްދާއެއް ހިމަނަން ޖެހޭ: މައުސޫމު
ލިޔުން:
ޓޫރިސްޓް ރިސޯޓް ހަދަން އެކި ފަރާތްތަކަށް ދޫކުރާ ރަށްތައް ތަރައްގީނުކޮށް ލަސްވުމުން، ދައުލަތަށް އެކަމުގެ ބަދަލު ދޭން ޖެހޭ ގޮތަށް، އެއްބަސްވުންތަކުގައި މާއްދާ އެެއް ހިމަނަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު މައުސޫމު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރަށެއް ނުހެދި ލަސްވާތީ، އެރަށް ދޫކޮށްފައި އޮތް ފަރާތުން ވަކިކުރާ ހާލަތުގައި ވެސް ދައުލަތުން ބަދަލުދޭން އެބަ ޖެހޭ ކަމަށެވެ. ރައްޔިތުންގެ ފައިސާއިން އެ ފަރާތްތަކަށް ބޮޑެތި ބަދަލު ދޭން ޖެހެނީ ޓޫރިޒަމަށް ދޫކޮށްފައިވާ ގިނަ އަދަދެއްގެ ރަށްތައް ނުހެދި ހުއްޓައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީގައި އެތައްް ރަށްތަކެއް ނުހެދި ހުންނަ އިރު، އެންމެ ފަހުން ސަރުކާރުން ރަށެއް ވަކިކޮށްލީމަ ވެސް ، ކޯޓަށް ގޮަސްގެން، އެކި ގޮތް ގޮތުން ބޮޑެތި ބަދަލުތައް ރައްޔިތުންގެ ފައިސާއިން ދޭން މިޖެހެނީ. އެހެންވީމާ އެތަންތަނަށް އެގްރިމެންޓްގައި ދެން ހުރި ބައިން އަޅުގަނޑުމެންނަށް ، ދައުލަތަށް އެއްޗެއް ހޯދައިދޭން ޖެހޭ. ރައްޔިތުންގެ ހައްގުގައި މަސައްކަތެއް ކޮށްދޭން ޖެހޭ. އަޅުގަނޑު ވިސްނާފައި އޮތް ކަމެއް އެއީ،" މައުސޫމު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށެއް ނުހަދައި ލަސްވެގެން އަތުލަން ޖެހޭ ހާލަތުގައި "ލިކްއިޑޭޓް ޑެމޭޖަސްގެ ގޮތުގައި ދައުލަތަށް ފައިސާ ހޯދަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެ މަސައްކަތް ކުރަން ޖެހެނީ މިނިސްޓަރު ވިދާޅުވި ގޮތުގައި ރިސޯޓެއް ނުހެދި ލަސްވުމުން، ދައުލަތަށް ވެސް ބޮޑެތި ގެއްލުންތައް ވާތީ އެވެ. އެގޮތުން ގެއްލޭ އެއް ކަމަކީ އެ ސަރަހައްދެއްގެ އިގުތިސާދީ ތަރައްގީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހާއްސަކޮށް މި އެ އާޕޯޓްތައް މުޅި ރާއްޖޭގައި ރުކުރުވައިލެވިގެން ދާއިރުގައި ކޮންމެ އެއާޕޯޓަކަށް ލާހިކު އަގެއްގައި އަވަސްކަމާ އެކު ފްލައިޓްތައް ދަތުރުކުރަން އެބަ ބޭނުންވޭ، އެނދުތައް ތަަރައްގީވާން. އެކަމެއް ތަރައްގީއެއް ނުވޭ،" މައުސޫމު ވިދާޅުވި އެވެ.
އެހެންވެ އިގުތިސާދީ ހަރަކާތެއް ނުހިނގާތީ ދައުލަތަށް ލިބެން ޖެހޭ ޓެކްސް ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންނަށް، ދިވެހި ޒުވާނުންނަށް ވަޒީފާއެެއް ލިބެނީކީ ނޫން، އެހެންވީމާ މިކަންތަކަކީ ވެސް އަޅުގަނޑު ހިތުން މިއަދު އަޅުގަނޑުމެން ކޮންމެހެން ވެސް ވިސްނާފައި ލިކްއިޑޭޓް ޑެމޭޖަސްގެ ބައެއް މިހާރު ނުލިބެންޏާ އެބައި ކޮންޓްރެކްޓްގައި ހިމެނުން އެއީ ވަރަށް މުހިއްމު ކަމެއް،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު މިމޭރުމުން ވާހަކަ ދެއްކެވި އިރު ޓޫރިޒަމްގެ ބޭނުމަށް ދޫކޮށް، ތަރައްގީނުކޮށް ލަސްވެފައިވާ 70 އަށް ވުރެ ގިނަ ރަށްތައް އެބަހުއްޓެވެ. އެ ރަށްތައް ދޫކޮށްފައިވާ ފަރާތްތަކުން ވަކިނުކުރަނީ ކީއްވެެންތޯ ގިނަ މެމްބަރުންތަކެއް މިއަދު ވެސް ސުވާލުކުރެއްވި އެވެ. އެފަދަ އެއް ސުވާލަކަަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ރަށްތަކަކީ "ގަލުއަޅާފައިވާ" ރަށް ތަކެއް ކަމަށެވެ. ނުހެދި ހުރި ރަށްތަކުގެ ބަދަލުގައި އެ ސަރަހައްދުތަކުން އެހެން ރަށްތައް ދޫކޮށް ޓޫރިޒަމް ފުޅާކުރަން ސަރުކާރުން މަަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
