މާލެ: 31°C
ޓުއާ އޮޕަރޭޓަރުންގެ ހިދުމަތް ދިނުމާ ބެހޭ ބިލެއް ހުށަހަޅައިފި

ޓުއާ އޮޕަރޭޓަރުންގެ ހިދުމަތް ދިނުމާ ބެހޭ ބިލެއް ހުށަހަޅައިފި

March 5, 2024
3 ފަހަރު ބަލާފައި
ޓުއާ އޮޕަރޭޓަރުންގެ ހިދުމަތް ދިނުމާ ބެހޭ ބިލެއް ހުށަހަޅައިފި
ޓުއަރ އޮޕަރޭޓަރުންގެ ހިދުމަތް ދިނުމާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ. 'ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާބެހޭ ބިލު' ގެ ނަމުގައި މި ބިލު ހުށަހެޅި ސަބަބުގެ ގޮތުން ބުނެފައިވަނީ، ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދޭ ފަރާތްތަކަށް ލައިސަންސް ދިނުމުގެ އުސޫލުތަކާއި، އެފަދަ ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުގެ މިންގަނޑުތައް ބަޔާންކުރުން ކަމަށެވެ. އަދި އެ ހިދުމަތާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ރެގިއުލޭޓްކޮށް މޮނިޓާ ކުރުމުގެ ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވާލުން ކަމަށެވެ. މި ބިލުގައި ވަނީ ޓުވާ އޮޕަރޭޓަރުންނަށް ވެވޭނީ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި ލައިސަންސް ދޫކުރެވޭ ފަރާތުގެ ހުންނަންޖެހޭ ޝަރުތުތައްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ބޭރު މީހަކު އެ ހިދުމަތް ދޭނަމަ އެކަން ކުރެވޭނީ ލައިސަންސް އޮތް ދިވެއްްސަކާ ގުޅިގެން ކަމަށްވެސް އެ ބިލުގައި ވެއެވެ. އަދި ޓުއާ އޮޕަރޭޓަރުން މޮނިޓާކުރުމާއި ފިޔަވަޅު އެޅުމާއ ޝަކުވާ ހުށަހެޅުމަށް ވެސް އުސޫލެއް ކަނޑައަޅާފައި ވެއެވެ. މި ބިލް އަދި އޮތީ ފުރަތަމަ ކިޔުމުގެ މަރުހަލާގައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ