"ޓުގެދަރ ފޯ މައިގްރޭޝަން"ގެ ނަމުގައި ބިދޭސީ މަސައްކަތްތެރިންނަށް ބޮޑު ހަރަކާތެއް!

"ޓުގެދަރ ފޯ މައިގްރޭޝަން"ގެ ނަމުގައި ބިދޭސީ މަސައްކަތްތެރިންނަށް ބޮޑު ހަރަކާތެއް!
ލިޔުން:
ތަފާސްހިސާބުން ދައްކާގޮތުގައި ރާއްޖޭގެ އާބާދީގެ 3/1 އަކީ ބިދޭސީންނެވެ. އިޤްތިޞޯދީ ހަރަކާތްތައް އިތުރުވެ ފުޅާވަމުންދާ ދަނޑިވަޅެއްގައި ބިދޭސީ މަސައްކަތްތެރިންގެ ހިދުމަތް ވަނީ، ދިވެހިނަށް ބޭނުންވެފައެވެ. ބޭރު ޤައުމެއްގައި ދިރިއުޅޭއިރު ދިމަވާ ދަތިތަށް، ރާއްޖޭގައިއުޅޭ ބިދޭސީންނަށްވެސް ކުރިމަތި ވެއެވެ. ދިރިއުޅުމުގެ އެންމެ އަސާސީ ކަންކްމާއި އެކަމަށް ބޭނުންވާ މައުލޫމާތު ނެތުމާއި، މަސައްކަތު މާހައުލުގައި ލިބެންޖެހޭ ޙައްގުތަކާއި، ރައްކާތެރިކަމާއި، މިނިވަންކަމާއި އަދި ޙައްސަކޮށް ސިއްޙީ ކަންކަމާއިގުޅުންހުރި މަޢުލޫމާތު ލިބޭނެ މަގުތައް މަދެވެ.
"ޓުގެދަރ ފޯ މައިގްރޭޝަން"ގެ ނަމުގައި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައި.އޯ.އެމް) އިން ހިންގާ ހަރަކާތުގެ މަޤުސަދަކީ ހިޖުރަވެރިންނަށް އަދި ބިދޭސީ މަސައްކަތްތެރިންނަށް ރައްކާތެރި، ތަރުތީބު މާހައުލެއް ގާއިމްކޮށް އަހުލުވެރިކުރުމެވެ. މިހަރަކާތުގައި ބިދޭސީ މަސައްކަތްތެރިންނަށް ދިމާވާ ޤާނޫނީ އަދި ސިއްޙީ، މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެވޭނެއެވެ. ޚާއްސަ ގޮތެއްގައި އެކިއެކި ޙިދުމަތްތަކާއި، ޙިދުމަތްތަކައް ހޭލުންތެރިކުރުމުގެ އިތުރުން، ސިއްޙީ ހިދުމަތް ދިނުމާއި މުނިފޫލި ފިލުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 މާރިޗު ވާ، ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކްގަ އެވެ..
މިހަރަކާތުގައި އައި.އޯ.އެމްގެ އިތުރުން ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (އެސް.އެޗް.އީ)، ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރ (ޕީ.އައި.އެލް.ސީ)، މިޝަން ފޯ މައިގްރެންޓް ވޯކަރސް މޯލްޑިވްސް (އެމް.އެމް.ޑަބްލިއު.އެމް)، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރު.ސީ.އެމް)، މޯލްޑިވްސް ޕޮލިސް ސާވިސަސް (އެމްޕީއެސް) އަދި ގްލޯ ފިޓް ބައިވެރިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
