
ޓޮބްލެރޯން ޗޮކުލެޓްގައި ޕްލާސްޓިކް ހުރެގެން، ބޭނުންކުރުން މަނާކޮށްފި
ޓޮބްލެރޯން ޗޮކުލެޓްގައި ޕްލާސްޓިކް ހުރެގެން، ބޭނުންކުރުން މަނާކޮށްފި
ލިޔުން:
ރާއްޖޭގައި މަޝްހޫރު ޗޮކްލެޓެއް ކަމަށްވާ ، ޓޮބްލެރޯން ގެ ޗޮކްލެޓެއް ޕްލާސްޓިކް އިން ތަޣައްޔަރުވެފައިވާތީ، ބޭނުންނުކުރުމަށް، މޯލްޑިވްސް ފުޑް އެއްޑް ޑްރަގް އޮތޯރިޓީއިން އަންގައިފިއެވެ.
އެމްއެފްޑީއޭ އިން ބުނީ ޕްލާސްޓިކް އިން ތަގައްޔަރުވެފައިވާ ސްވިޒަލެންޑްގެ ޓޮބްލެރޯން ބްރޭންޑުގެ މިލްކް ޗޮކްލެޓް ދިވެހި ރާއްޖެއަށް އެތެރެވެފައިވާކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވާކް މެދުވެރިކޮށް އެ އޮތޯރިޓިއަށް އަންގާފައިވާ ކަމަށެވެ.
އެއީ އެ ޗޮކުލެޓް އުފައްދާ މެށިނަށް ދިމާވި މައްސަލައަކާ ގުޅިގެން ވީ ކަމެއްކަމަށް ވެސް އެ އޮޓޯރިޓީއިން ބުންޏެވެ.
ތަގައްޔަރު ވެފައިވާ އެ ޗޮކުލެޓްގެ ސަބަބުން ޕްލާސްޓިކް ކޮޅެއް ކަރުގައި ތާށިވުން، ދަތަށް ގެއްލުންވުން ފަދަ ކަމެއް ދިމާވުމުގެ ފުރުސަތު އޮވެދާނެކަމަށް ވެސް އެ އޮތޯރިޓީއިން ބުންޏެވެ.
އެހެންވެ، ރައްކާތެރި ވުމުގެ ގޮތުން އެ ޗޮކުލެޓް ރާއްޖެއަށް އެތެރެނުކުރުމަށާއި ނުވިއްކުމަށް އެ އޮތޯރިޓީއިން ވަނީ އަންގާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
