މާލެ: 31°C
ސިޔާސީ ގޮތުން ބިރުވެރިކަން އަލުން އިޔާދަވެއްޖެ: ރައީސް ސޯލިހު

ސިޔާސީ ގޮތުން ބިރުވެރިކަން އަލުން އިޔާދަވެއްޖެ: ރައީސް ސޯލިހު

March 28, 2024
3 ފަހަރު ބަލާފައި
ސިޔާސީ ގޮތުން ބިރުވެރިކަން އަލުން އިޔާދަވެއްޖެ: ރައީސް ސޯލިހު

ސިޔާސީ ގޮތުން ބިރުވެރިކަން އަލުން އިޔާދަވެފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ލޮނުޒިޔާރަތްކޮޅުގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރު ކުރުމަށް މި ސަރުކާރުން ތައްޔާރުވަމުންދާ ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ، މިސަރުކާރުން ވަޒީފާގެ ނުފޫޒު ފޯރުވަމުންދާ ކަމަށާއި މިހާރު މަސައްކަތް ކުރަމުންދަނީ އިދިކޮޅު ސިޔާސީ ހަރަކާތް ހުއްޓުވުމަށް ކަމަށެވެ.

"ބިރުވެރިކަން އިންތިހާއަށް ކުރިމަތިވަމުން މިދަނީ. ސިޔާސީ ހަރަކާތެއް ހިންގޭކަށް ނެތް. ސިޔާސީ ލީޑަރުން ހިފާ ހައްޔަރުކުރަން ތައްޔާރުވަމުން އެދަނީ," ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ މަޖިލީހަކީ އެއްވެސް ބާރެއް ނެތް ތަނަކަށް ހެދުމަށް ކަމަށެވެ.

"މިކަމުގައި އެންމެން އެއްކޮށް ތެދުވާން ޖެހޭ. ބާރަށް ތެދުވާން އެބަ ޖެހޭ. މި ގައުމުގެ މިސްރާބު ހަމައިން ނައްޓައިފި. ފަހަތަށް ދުވަނީ. އަޅުގަނޑުމެން ދާން ޖެހޭނީ ކުރިއަށް," ސޯލިހު ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ