މާލެ: 31°C
ގަރާރަށް މަރުހަބާ ކިޔައި، ޣައްޒާއަށް އެހީ ވައްދަން ޒަމީރު ގޮވާލައްވައިފި

ގަރާރަށް މަރުހަބާ ކިޔައި، ޣައްޒާއަށް އެހީ ވައްދަން ޒަމީރު ގޮވާލައްވައިފި

March 26, 2024
3 ފަހަރު ބަލާފައި
ގަރާރަށް މަރުހަބާ ކިޔައި، ޣައްޒާއަށް އެހީ ވައްދަން ޒަމީރު ގޮވާލައްވައިފި
ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން ރޭ ފާސްކުރި ގަރާރު ފުރިހަމަ އަށް ތަންފީޒުކޮށް، ޣައްޒާގެ ރައްޔިތުން ކޮންމެހެން ބޭނުންޖެހިފައިވާ އެހީތެރިކަން މިހާރުން މިހާރަށް ފޯރުކޮށްދޭން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގޮވާލައްވައިފިއެވެ. އެކަމާ ގުޅިގެން ޒަމީރު “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަރަކާތްތެރި ރޯދަމަހު ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އެ ގަރާރު ފާސްކުރުމުން ރާއްޖޭގެ ފަރާތުން މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އެ ގަރާރަކީ ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ދާއިމީ ގޮތަކަށް ހުއްޓާލައި ސަރަހައްދީ ގޮތުން އަމާންކަން ގާއިމްކުރަން އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެއެވެ. “މި ގަރާރު ފާސްކުރުމަކީ ޣައްޒާގައި ދެމެހެއްޓެނިވި ގޮތެއްގައި ހަނގުރާމަ ހުއްޓާލުން ކަށަވަރުކުރުމަށާއި، އެ ސަރަޙައްދުގައި ސުލްޙައާއި ހަމަޖެހުން ގާއިމުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް. މި ގަރާރު ފުރިހަމައަށް ތަންފީޒުކޮށް، ޣައްޒާގެ ރައްޔިތުން ކޮންމެހެން ބޭނުންޖެހިފައިވާ އެހީތެރިކަން މިހާރުން މިހާރަށް ފޯރުކޮށްދޭންޖެހޭ” ޒަމީރު ވިދާޅުވިއެވެ. އެ ގަރާރު ފާސްކުރީ އދ.ގެ ސަލާމަތީ މަޖިލީހުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ. އެމެރިކާއިން ވޯޓުގައި ބައިވެރިނުވި ނަމަވެސް ސަލާމަތީ މަޖިލީހުގެ ބާކީ 15 ގައުމުން ވެސް ވޯޓު ދިނީ އެ ގަރާރު ފާސްކުރުމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ