"މި ދެ މަހުގެ ތެރޭގައި މުވައްޒަފުންގެ މުސާރަ އަށް އިތުރުވެއްޖެ، އެމްޑީޕީ ސަރުކާރާ އެ ދެ މަހަށް އަޅާ ބަލާއިރު 300 މިލިއަން. މާނައަކީ އެވްރެޖްކޮށް މަހަކު 150 މިލިއަން ހަމައެކަނި މުވައްޒަފުންގެ ހަރަދާއި އިނާޔަތްތަކަށް އިތުރުވެއްޖެއޭ މި ސަރުކާރު،"ރައީސް ޔާމީން ވިދާޅުވި އެވެ.ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ނުހިނގައިގެން އުޅޭ ސަބަބަކީ މިއީ ކަމަށާއި މި ސަރުކާރުން މޮޅަށް ކުރާ ކަމަކީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އިތުރުކުރުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. މިމޭރުމުން ވާހަކަދައްކަވާ އެމްޑީޕީ ސަރުކާރާއި މިސަރުކާރު އަޅާކިޔުއްވާ ރައީސް ޔާމީން ވަނީ އެމްޑީޕީ ސަރުކާރު މާ ރަނގަޅުކަމަށް ސިފަކުރައްވާފައެވެ. މީގެ އިތުރުން ވަޒީފާގެ ފުރުސަތުތައް ހުޅުވާލާނެކަމަށް ބުނިނަމަވެސް މިސަރުކާރުން އާއިލީ ފަރާތްތަކަށް ވަޒީފާތައް ދެމުންގެންދާކަމަށް ތުހުމަތު ކުރައްވާ ރައީސް ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެމްޑީޕީ ސަރުކާރުގެ ފުރަތަމަ ދެމަސްދުވަހަށްވުރެ މި ސަރުކާރުގެ ފުރަތަމަ ދެމަސްދުވަހު މާ ޚަރަދު ބޮޑު: ރައީސް ޔާމީން
އެމްޑީޕީ ސަރުކާރުގެ ފުރަތަމަ ދެމަސްދުވަހަށްވުރެ މި ސަރުކާރުގެ ފުރަތަމަ ދެމަސްދުވަހު މާ ޚަރަދު ބޮޑު: ރައީސް ޔާމީން
ލިޔުން:
އަހަރުގެ ފުރަތަމަ ދެ މަހުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވުރެ މި ސަރުކާރުން ތަރައްގީ އަށް ކުރާ ހޭދަ މާ ކުޑަކަމަށާއި މުސާރައަށް ކުރާ ހަރަދު މާ ބޮޑުކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އުފައްދަވާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ފުރަތަމަ ދެ މަހަށް ބަލާއިރު، ސޯލިހުގެ ސަރުކާރުން ތަރައްގީގެ އެކި ކަންކަމަށް 2.7 ބިލިއަން ރުފިޔާ ހޭދަކުރި ކަމަށާއި މި ސަރުކާރުން އެއާ އެއްވަރުގެ އަދަދެއް ތަރައްގީ އަށް ހަރަދު ކުރާނެ ކަމަށް އުއްމީދު ކުރެއްވި ކަމަށެވެ. ނަމަވެސް މި ސަރުކާރަށް އެ މުއްދަތުގައި ހޭދަކުރެވުނީ އެންމެ އެއް ބިލިއަން ރުފިޔާ ކަމަށް ޔާމީން ވިދާޅުވި އެވެ.
އެމްޑިޕީ ސަރުކާރުގެ ހަރަދު ބޮޑުވެގެން އެކަމާ އިދިކޮޅުގައި ތިބެ ޕީޕީއެމުން ވާހަކަދެއްކި ކަމަށާއި ނަމަވެސް މި ސަރުކާރުން މުވައްޒަފުންގެ މުސާރަ އަށް އެކަނި ކުރާ ހޭދަ ވެސް އެމްޑީޕީ ސަރުކާރަށް ވުރެ އިތުރުވެފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
