މާލެ: 31°C
ރޯދަމަހު ކައިވެނިކޮށްދޭނެ ގަޑިތައް އާންމުކޮށްފި

ރޯދަމަހު ކައިވެނިކޮށްދޭނެ ގަޑިތައް އާންމުކޮށްފި

March 6, 2024
2 ފަހަރު ބަލާފައި
ރޯދަމަހު ކައިވެނިކޮށްދޭނެ ގަޑިތައް އާންމުކޮށްފި
މިއަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ފެމިލީ ކޯޓުން ކައިވެނިކޮށްދޭނެ ގަޑިތައް ކަނޑައަޅައި، އާންމުކޮށްފިއެވެ. ފެމިލީ ކޯޓުން ބުނީ ކުރިއެކޭ ވެސް އެއްގޮތަށް ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކޯޓުގަޔާއި ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުމަށް ވަކި ގަޑިތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. ރޯދަމަހު ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ:
  • ކޯޓުގައި ކައިވެނިކުރާނަމަ ރަސްމީ ދުވަސްތަކުގެ 09:30 އިން 12:30 އަށެވެ، އަދި ރޭގަނޑު 21:30 އިން 23:30 އަށް.
  • ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަފުތާގެ ކޮންމެ ދުވަހެއްގެ 21:30 އިން 23:30 އަށެވެ.
ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކައިވެނިކޮށްދިނުމަށް ހަމަޖެހިައިވާ ގަޑިތަކަކީ:
  • ކޯޓުގައި ކައިވެނިކުރާނަމަ ރަސްމީ ދުވަސްތަކުގެ 09:30 އިން 12:30 އަށް އަދި 16:00 އިން 17:30 އަށް، އަދި ރޭގަނޑު 19:30 އިން 21:30 އަށް.
  • ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ގަޑިތަކަކީ ކޮންމެ ދުވަހެއްގެ 16:00 އިން 17:30 އަށް.
މިއަހަރުގެ ރޯދަ މަހާއި ޖެހިގެން އަންނަ ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގައި ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިކަމުގައި ހަމަޖައްސާފައިވަނީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އެވެ. އަދި އެ ދުވަސްތަކުގައި އެ ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ. އިސްލާމިކް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 11 ވަނަ ދުވަހެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ