
މިލަދޫގެ ތަރައްޤީއަށް ކުރަންހުރި ކަންކަމުގައި ރައްޔިތުން އެދޭގޮތަށް ނަތީޖާ ނެރެދޭނަން: ރައީސް
މިލަދޫގެ ތަރައްޤީއަށް ކުރަންހުރި ކަންކަމުގައި ރައްޔިތުން އެދޭގޮތަށް ނަތީޖާ ނެރެދޭނަން: ރައީސް
ލިޔުން:
މިލަދޫގެ ތަރައްޤީއަށް ކުރަންހުރި ކަންކަމުގައި ރައްޔިތުން އެދިވަޑައިގަންނަވާގޮތަށް ނަތީޖާ ނެރެދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިރޭ މިލަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފާއިތުވި ތިން މަހެއްހާ ދުވަސް ހޭދަވެގެން ދިޔައީ ތަރައްޤީއަށް ކުރަންހުރި ކަންކަން ކުރެވޭނެ ފަދަ އިޤުތިޞާދެއް ބިނާކުރުމަށް މަސައްކަތް ކުރުމުގައި ކަމަށެވެ. އެގޮތުން އިޤުތިޞާދުގައި ހުރި ދަރަނީގެ މައްސަލަތަކާ އާމުދަނީ އިތުރުކުރުމުގައި ހުރި ދަތިތަކުގެ މައްސަލަތައް ރަނގަޅުކުރުމުގެ މަސައްކަތް ފެށިފައި ވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުން އަންނަނީ ދަރަނި ދައްކަމުން އާމުދަނީ އިތުރުކުރަމުންކަމަށާއި އެހެންކަމުން، ކުރިޔަށް އޮތް ދުވަސްތަކުގައި ރަށްރަށުގައި ކުރަންހުރި ކަންކަން ކުރެވޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިލަދޫގެ މަގުތައް ހެދުމާއި ބޯހިޔާވަހިކަމަށް ކުރަންހުރި މަސައްކަތްތަކާއި ރަށްގިރުމުގެ މައްސަލައާ ސްކޫލާ ޞިއްޙީ ނިޒާމު ވަރުގަދަކުރުންފަދަ އެރަށުގެ ތަރައްޤީއަށް ކުރަންހުރި ހުރިހާ މަސައްކަތެއް ވެސް ފުރިހަމަކޮށްދެއްވާނެކަމުގައެވެ
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
