
ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކަށް ދުރާލާ ފިޔަވަޅު އެޅުމުގެ މުހިންމު: މެޑަމް ސާޖިދާ
ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކަށް ދުރާލާ ފިޔަވަޅު އެޅުމުގެ މުހިންމު: މެޑަމް ސާޖިދާ
ލިޔުން:
ޗޭންޖިންގ ޕޮޕިއުލޭޝަން ޑައިނަމިކްސް އިން ދަ މޯލްޑިވްސް" މަތީ ފަންތީގެ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
މި ސެޝަނަކީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓާއި، އ.ދ.ގެ އާބާދީ ޖަމްޢިއްޔާ (ޔޫ.އެން.އެފް.ޕީ.އޭ)ގެ ދިވެހިރާއްޖޭގެ އޮފީސް އަދި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގުޅިގެން އިންތިޒާމުކުރި ސެޝަނެކެވެ.
މި ސެޝަނުގެ ޝަރަފުވެރި މެހުމާނުގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން އެކަމަނާވަނީ ރާއްޖޭގައި މުސްކުޅި ޢުމުރުގެ އާބާދީ އިތުރުވަމުންދިއުމާއި، ވިހާ ނިސްބަތް ދަށްވަމުންދާކަން ފާހަގަކުރައްވައި މިކަންކަމަށް ފިޔަވަޅު އެޅުމަށް ގުޅިލާމެހިފައިވާ ސިޔާސަތުތަކެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދުވަސްވީ މީހުންނަށްޓަކައި ގާއިމުކޮށްފައިވާ "އިސްރަށްވެހީންގެ ނާދީ" އަދި ހަމައެހެންމެ އައި.ވީ.އެފް އަދި އައި.ޔޫ.އައިގެ ފަރުވާ ފަދަ ފަރުވާތައް އާސަންދައިގެ ތެރެއިން ހަމަޖެހިގެންދިއުން އެކަމަނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ އާބާދީއަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކުން ކާމިޔާބުކަމާއެކު އަރައިގަތުމަށްޓަކައި ރައްޔިތުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ ދެމެހެއްޓެނިވި އުމުރާނީ ތަރައްޤީގެ މަޝްރޫޢު "ރަސްމާލެ" އަދި ސަރުކާރުގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭންފަދަ ގެންގުޅޭ ވަށާޖެހޭ ގޮތްތައް ފާހަގަކުރައްވާފައެވެ.
އެމަނަކާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ދުވަސްވީ މީހުންގެ ނިސްބަތް ގިނަ އާބާދީއަކަށް ނުވަތަ މުސްކުޅި އާބާދީއަކަށް ރާއްޖޭގެ އާބާދީ ބަދަލުވަމުންދާދިއުމަށް ފިޔަވަޅުއަޅައި، ވިލުންތެރިކަންއިތުރުކޮށް ޤައުމުގައި ފާހަގަތިކަން ދެމެހެއްޓުމަށް ، ޖިންސީ ހަމަހަމަކަން ޕްރޮމޯޓްކޮށް މީހުންނަށް އިސްކަންދިނުމުގެ ސިޔާސަތުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް މިސަރުކާރުން ދިވެހިރާއްޖެއަށް ތަރައްޤީ ގެނައުމުގައި ގެންގުޅޭ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުތައްވެސް ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ "ސެންސަސް 2022 އެނަލިޓިކް ޗެޕްޓަރސް އެންޑް އެޓޯލްސް ކާޑް" އިފުތިތާޙް ކޮށްދެއްވާފައެވެ. މިސެޝަންގައި އާބާދީ އަންނަ ބަދަލާގުޅޭ މުހިންމު ވީޑިއޯ ދެއްކުން އޮތެވެ. އަދި އެއަށްފަހު ޕެނަލް ޑިސްކަޝަނެއް ބާއްވާފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
