
ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މިއަހަރުގެ "އެކްސަސައިޒް ދޯސްތީ" އިންޑިއާ އާއި ލަންކާއާ ގުޅިގެން އިފްތިތާހްކޮށްފި
ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މިއަހަރުގެ "އެކްސަސައިޒް ދޯސްތީ" އިންޑިއާ އާއި ލަންކާއާ ގުޅިގެން އިފްތިތާހްކޮށްފި
ލިޔުން:
އިންޑިޔާ ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިންޑިޔާއާއި ރާއްޖެއާއި ސްރިލަންކާގެ ކޯސްޓްގާޑް ގުޅިގެން ކުރިއަށްގެންދާ "އެކްސަޒައިސް ދޯސްތީ" މިއަހަރުގެ ޕްރޮގްރާމް އިފްތިތާހުކޮށްފިއެވެ.
އެކްސަސައިޒް ދޯސްތީއަކީ އިންޑިޔާ ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިންޑިޔާއާއި ރާއްޖެއާ ގުޅިގެން 1991 ވަނަ އަހަރު ފެށި ޕްރޮގުރާމެކެވެ. މި ޕްރޮގުރާމާއި ސްރީލަންކާއިން ގުޅުނީ 2012 ވަނަ އަހަރުއެވެ.
އެކްސަސައިޒް ދޯސްތީގެ މަގުސަދަކީ ގައުމުތައް ގުޅިގެން އިންޑިޔާ ކަނޑުގައި ސާޗް އެންޑް ރެސްކިޔު ނުވަތަ މީހުން ހޯދާ ސަލާމަތްކުރުމާއި ސިއްހި ކަންކަމުގައި މީހުން އުފުލުމާއި ކަނޑުމަތީ ފޭރުމުގެ ކަންކަން ހުއްޓުވުމާއި ކަނޑުމަތީ ދިމާވާ އެކި ކަންކަމުގައި އިންސާނީ އެހީ ފޯރުކޮށްދިނުންފަދަ ކަންކަން ކުރިއަށް ގެންދިޔުމެވެ.
[embed]https://twitter.com/MNDF_Official/status/1761079546516791583[/embed]
ރޭ މިއަހަރުގެ މި ޕްރޮގްރާމް އިފްތިތާހު ކުރައްވަމުން ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވީ، އިންޑިޔާ ކަނޑުގައި އަމާންކަމާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށް ރާއްޖޭގެ ދިފާޢީ ބާރު ވަރުގަދަކުރުމަކީ ރައީސް ޑރ މުއިއްޒު ހާއްސަ އިސްކަމެއްދެއްވާކަމެއް ކަމަށެވެ.
އޭގފެ އިތުރުން މިނިސްޓަރު ގައްސާން ވިދާޅުވީ އިންޑިޔާ ކަނޑުގައި ޓްރޭޑް ރޫޓުތައް ގިނައިރު، ސަރަހައްދީ ގައުމުތައް ގުޅިގެން ކަނޑުގެ ސަލާމަތީ ކަންކަން ބަލަހައްޓަންޖެހޭ ކަމަށެވެ. އެގޮތުން، ކަނޑުމަތީ ހިންގާ ޓެރަރިޒަމްގެ އަމަލުތަކާއި މޫސުމަށް އަންނަ ބަދަލުތަކުން ކަނޑުމަތީ ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ގައުމުތައް ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
