މާލެ: 31°C
ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ

ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ

February 16, 2024
4 ފަހަރު ބަލާފައި
ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ
އުމުރުން 14 އަހަރުގެ ކުއްޖަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މ. އެނބޫމާގެއާގެ، ޚަދީޖާ ޔަލްވީގެ ހަބަރެއް އާއިލާއަށް ނުވެގެން ގެއްލިފައިވާ ކަމަށް މިމަހުގެ 11 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ޚަދީޖާ ޔަލްވީ އެންމެ ފަހުން ފެނިފައިވަނީ ފެބުރުވަރީ 9 ވަނަ ދުވަހުގެ 20:00 ހާއިރު، އެ ކުއްޖާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ފުލުހުންގެ ބުންޏެވެ. ޚަދީޖާ ޔަލްވީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަމްބަރު 9790163 / 3000600 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންވަނީ އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ