
ކައުންސިލްތަކަށް އާމްދަނީ ހޯދުމަށް ހުޅުވާލާފައިވާ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ރައީސް އެދިވަޑައިގެންފި
ކައުންސިލްތަކަށް އާމްދަނީ ހޯދުމަށް ހުޅުވާލާފައިވާ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ރައީސް އެދިވަޑައިގެންފި
ލިޔުން:
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކޮޅުމަޑުލު އޮމަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ކޮޅުމަޑުލު އޮމަދޫ ފެނަކަ އޮފީސް އިމާރާތުގައެވެ.
މިއަދުގެ ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ސުކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، އިތުރަށް ސުކޫލުގެ ޚިދުމަތް ރަނގަޅުކުރުމަށް ބޭނުންވާ ކަންކަން ތަފުޞީލީ ގޮތެއްގައި އެމަނިކުފާނާއި ޙިއްޞާކުރެއްވިއެވެ. އަދި އަންހެން ކަނބަލުންނަށް ޚާއްޞަ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް ފޯރުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ރަށުގެ ރައްޔިތުންނަށް އާމްދަނީ ހޯދުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަމުގައި ފާހަގަކުރެއްވިއެވެ. އަދި ކޮންމެ އަހަރެއްގެވެސް ބަޖެޓުގައި ހިމެނޭކަން ކޮށްދެއްވުމަށާއި، މިހާރު ފަށާފައިހުރި މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
އޮމަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިންވެސް އެ ކޮމިޓީގެ ކަންބޮޑުވުންތަކާއި، އެންމެ ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ބަޖެޓުގެ ދަތިކަން ހުރުމުން ރަށުގައި ހިންގަން ބޭނުންވާ ކަންކަން ހިންގުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާކަމުގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތީ ރަށަށް އެންމެ މުހިންމު ވާނެ ކަންކަން ތަރުތީބު ކޮށްލެއްވުމަށްފަހު އެމަނިކުފާނަށް ހުށަހެޅުއްވުމަށެވެ. ހަމަ އެއާއެކު ކަމާ ގުޅޭ މުއައްސަސާތަކާއެކު ކައުންސިލުން ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމަށް މަސައްކަތްކުރެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގަތެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މި ސަރުކާރުން ކައުންސިލްތަކަށް އާމްދަނީ ހޯދުމުގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ކައުންސިލަށް ދެއްވާފައެވެ. ހަމައެއާއެކު މިހާރު ސަރުކާރުން ކައުންސިލްތަކަށް އާމްދަނީ ހޯދުމަށް ހުޅުވާލާފައިވާ ފުރުޞަތުތަކުގެ ބޭނުން ހިފައި ރަށުގެ ތަރައްޤީއައި ކުރިއެރުމަށް މަސައްކަތްކުރެއްވުމަށް ރައީސް އިރުޝާދުދެއްވިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ހިމެނޭ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
