
ތަރައްޤީއަށް މުހިންމު ކަންކަމުގެ ގޮތުގައި ކައުންސިލުން ފާހަގަކުރައްވާ ހުރިހާ ކަމެއްގައި ވެސް ސަރުކާރުން އެއްބާރުލުން ދެއްވާނެ: ރައީސް
ތަރައްޤީއަށް މުހިންމު ކަންކަމުގެ ގޮތުގައި ކައުންސިލުން ފާހަގަކުރައްވާ ހުރިހާ ކަމެއްގައި ވެސް ސަރުކާރުން އެއްބާރުލުން ދެއްވާނެ: ރައީސް
ލިޔުން:
ތަރައްޤީއަށް މުހިންމު ކަންކަމުގެ ގޮތުގައި ކައުންސިލުން ފާހަގަކުރައްވާ ހުރިހާ ކަމެއްގައި ވެސް ސަރުކާރުން އެއްބާރުލުން ދެއްވައި އެކަންކަން ކުރެވޭނެ ގޮތް ހަދައިދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު އޮމަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން ވެސް އެންމެ އިސްކަންދޭނީ އެރަށެއްގެ ރައްޔިތުން އެންމެ އިސްކަންދޭ ކަންތައްތަކަށް ކަން ފާހަގަކުރެއްވިއެވެ. އެގޮތުން އޮމަދޫ ސްކޫލުގެ ޖާގައިގެ ދަތިތަކާއި އަދި އެކަށީގެންވާ ފެސިލީޓީނެތުން ފަދަ ކަންކަން ހިމެނޭހެން އެންމެ އިސްކަމެއް ދެއްވާނީ ސްކޫލުގެ ހުރި ހުރިހާ މައްސަލައަކަށް ހައްލު ހޯދައިދެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ފެނާ ނަރުދަމާގެ ނިޒާމާއި އަދި ޚާއްސަކޮށް ރަށުގެ ރައްޔިތުންގެ އިޤްތިޞާދީ ކުރިއެރުމަށް ކުރަންހުރި ކަންކަމަށް ސަރުކާރުން އިތުރު ސަމާލުކަމެއް ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރަށުގެ އިޚްތިޞާސްގައި ހިމެނޭ ފަޅުރަށްރަށުން ރައްޔިތުންނަށް އިޤްތިޞާދީ މަންފާހޯދޭނެ ގޮތަށް ކަންކަން ފަހިކޮށްދެއްވައި އެކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ކައުންސިލަށް ލިބިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ އިޤްޞާދީ ހާލަތު މިހާރު އޮތްގޮތުން ރަށްރަށުގެ ތަރައްޤީގެ ކަންކަމުގެ އެންމެ އިސްކަންދޭ ތަރުތީބެއް އެކުލަވާލައިގެން ކުރިޔަށްދާންޖެހޭކަން ފާހަގަކުރައްވާ ދެއްކެވި ފާހަކަފުޅު އޮމަދޫގައިވެސް ތަކުރާރު ކުރެއްވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
