މާލެ: 31°C
ތިން ގައުމަކަށް ސަފީރުން އައްޔަންކުރަން ކޮމިޓީއަށް ފޮނުވައިފި

ތިން ގައުމަކަށް ސަފީރުން އައްޔަންކުރަން ކޮމިޓީއަށް ފޮނުވައިފި

February 6, 2024
4 ފަހަރު ބަލާފައި
ތިން ގައުމަކަށް ސަފީރުން އައްޔަންކުރަން ކޮމިޓީއަށް ފޮނުވައިފި
ރާއްޖެއިން ތިން ގައުމަކަށް ކަނޑައަޅުއްވާ ސަފީރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ތިން ބޭފުޅެއްގެ ނަންފުޅު ފޮނުވައިފައެވެ. އެގޮތުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ނަންތައް އިއްވުމަށް ފަހު ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ. ސަފީރުންގެ ގައުމުތަކާއި ނަންތައް:
  • ސްރީލަންކާ - މަސްއޫދު އިމާދު، މއ. ތުޅާގިރި
  • މެލޭޝިއާ - ޑރ. މަރިޔަމް ޝަބީނާ އަހުމަދު، މ. ރުށްފުށި
  • ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަން - ގީލާ އަލީ، މ. ގީލާވިލާ
މި ބޭފުޅުންނަށް ރުހުން ދިނުމާއިމެދު މަޖިލީހުން ގޮތެއް ނިންމާނީ އެ ބޭފުޅުންގެ ނަން، ކޮމެޓީން ދިރާސާ ކުރުމަށް ފަހު މަޖިލީހަށް ރިޕޯޓް ހުށަހެޅުމުންނެވެ. އަދި އެ ބޭފުޅުންނަށް ރުހުން ދޭނީ މަޖިލީހުގެ ތަޅުމުގައި، ވަކިވަކިން ނެގޭ ވޯޓަކުންނެވެ. މަސްއޫދު ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ރައީސް އޮފީހުގައި މީޑިއާ ސެކްރެޓަރީގެ މަގާމު އަދާކުރައްވާފައެވެ. އަދި ގީލާ އަކީ މިހާރު ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އޭނަ ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީކަމާއި އެޑިޝަނަލް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ