
އެމްޑީޕީގެ ޕްރައިމަރީ: ކާށިދޫ ދާއިރާގެ ޓިކެޓު ޖާބިރަށް!
އެމްޑީޕީގެ ޕްރައިމަރީ: ކާށިދޫ ދާއިރާގެ ޓިކެޓު ޖާބިރަށް!
ލިޔުން:
އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓު ކަނޑައެޅުމަށް މިއަދު ބޭއްވި ޕްރައިމަރީގައި މަޖިލިހުގެ ކާށިދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓު މިހާރު ވެސް އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ ޖާބިރަށް ލިބިއްޖެއެވެ.
ޖާބިރަށް ޓިކެޓް ލިބުނު އިރު މިހާރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ޕްރައިމަރީން ނާކާމިޔާބުވެފައެވެ. ރޮޒައިނާ މިފަހަރު ވާދަކުރެއްވީ ފޭދޫ ދާއިރާއަށެވެ. ނަމަވެސް ރޮޒައިނާގެ ފިރިލަކަލުން ކިނބިދޫ ދާއިރާގެ މެންބަރު، މުހައްމަދު ނާޝިޒު ވަނީ ބޮޑު ތަފާތަކުން އެދާއިރާގެ ޓިކެޓް ހޯއްދަވާފައެވެ.
މީގެއިތުރުން އަލިފުށީ ދާއިރާގެ މެންބަރު، މުހައްމަދު ރަޝީދު، ހަނިމާދޫ ދާއިރާގެ މެންބަރު، އަބްދުލްގަފޫރު މޫސާ އާއި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަފީގު، މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން އަދި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވެސް ވަނީ ޕްރައިމަރީގައި ކާމިޔާބު ހޯއްދަވައި ޓިކެޓު ކަށަވަރު ކުރައްވައިފައެވެ.
އަދި ކުޅުދުއްފުށީ އުތުރުދާއިރާގެ ޓިކެޓް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވަނީ ކަށަވަރުކުރައްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
