އެމްއެންޑީއެފުން ބުނީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް ބޭރުގެ ޢަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން މަސްދޯންޏަށް އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާތީ އެކަން އެމްއެންޑީއެފްއިން ބަލަމުންގެންދާކަމަށެވެ. އަދި އަދި އެސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް މިހާރު ދަތުރު ކުރަމުންދާކަމަށް އެއެންޑީއެފުން ބުނެއެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުންބުނީ އިންޑިއާ ކޯސްޓްގާރޑުން އަރާފައވަނީ އދ މަހިބަދޫ އަސުރުމާ 3 ދޯންޏަށެވެ. މި ދޯނި މަސްވެރިކަންކުރަމުން ދިޔައީ ރާއްޖޭގެ ބޯޑަރުގެ 15 މޭލު އެތެރެއިންކަމަށް މައުލޫމާތުލިބެއެވެ. ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ އިންޑިއާ ކޯސްޓްގާރޑުން ދޯންޏައް އެރި ލޮކޭޝަން ސޯސަލް މީޑިއާގައި ހިއްސާކޮށްފައެވެ. މިނިވަން ނޫހަށް އެނގިފައިވާ ގޮތުގައި އިންޑިއާ ސިފައިން އެ ދޯންޏަށް އަރައި ސުވާލު ކުރަމުންދަވީ ސެޓްލައިޓް ފޯން ބޭނުންކުރާތީއެވެ. ނަމަވެސް ދޯނިފަހަރުގައި ސެޓްލައިޓް ފޯން ބޭނުންކުރުމަކީ ރާއްޖޭގެ ޤާނޫނުގައި މަނާ ކަމެއް ނޫނެވެ. އަދި ސެޓްލައިޓް ފޯނަކީ ސަލާމަތީ ގޮތުން ގިނަ ދޯނިފަހަރުގައި މިހާރު ބޭނުންކުރަމުންދާ މުހިންމު ވަސީލަތެކެވެ.
އިންޑިޔާ ސިފައިން އަރާ ތިބި ދިވެހި މަސް ދޯންޏަށް ދިއުމަށް ރާއްޖޭގެ ކޯސްޓްގާޑުން ދަތުރު ފަށައިފި
އިންޑިޔާ ސިފައިން އަރާ ތިބި ދިވެހި މަސް ދޯންޏަށް ދިއުމަށް ރާއްޖޭގެ ކޯސްޓްގާޑުން ދަތުރު ފަށައިފި
ލިޔުން:
އިންޑިޔާ ސިފައިން ތިބި ދިވެހި މަސް ދޯންޏަށް ދިއުމަށް ރާއްޖޭގެ ކޯސްޓްގާޑުން ދަތުރު ފަށައިފިއެވެ،
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
