"މީގެ އިތުރުން ވެސް ފުއްދުންތެރި އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ފަހިކޮށް ދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މުހިއްމު ދެ ވައުދެއް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އަރުވަން. މިގޮތުން އަންހެނުންނަށް ހާއްސަކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނެ،" އޭނާ ވިދާޅުވި އެވެ.
ކޮންމެ އަންހެނަކީ ވެސް ފުދުންތެރި އަންހެނަކަށްވުން މުހިންމު ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ވެސް އަންހެނުން ބާރުވެރިކުރުވުން ކަމަށެވެ. ހިޔަލަ މާކެޓް ކުރިއަށްދާނީ ކޮންމެ ހަފްތާ ބަންދެއްގައި ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ކޮންޓެއިނަރު ޕާކު ސަރަހައްދުގައެވެ.
އަންހެނުންނަށް ޚާއްސަކޮށްގެން ދޫކުރާ 100 މިލިއަން ރުފިޔާގެ ލޯންތައް ދޫކުރަން ފަަށަނީ
އަންހެނުންނަށް ޚާއްސަކޮށްގެން ދޫކުރާ 100 މިލިއަން ރުފިޔާގެ ލޯންތައް ދޫކުރަން ފަަށަނީ
ލިޔުން:
އަންހެނުންނަށް ހާއްސަކޮށްގެން ދޫކުރާ 100 މިލިއަން ރުފިޔާގެ ލޯން ވަރަށް އަވަހަށް ދޫކުރަން ފަށާނެ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ރޭ ހުޅުމާލޭގައި އަންހެނުންނަށް ހާއްސަކޮށްގެން ހެދި "ހިޔަލަ ވީކެންޑް މާރުކޭޓް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން، މިނިސްޓަރ ވިދާޅުވީ އަންހެނުން ގޭގައި ތިބެގެން ހަދާ ތަކެތި ވިއްކުމާއި، މަގުފަހި ކުރުމަށްޓަކައި ހުޅުމާލެއިން ހާއްސަ ސަރަހައްދެއް، އެކަމަށް ކަނޑައަޅާ، އެތަނުގައި އަންހެން ވިޔަފާރި ވެރިންނަށް ކުޑަ ކުލިތަކެއްގައި ފަސޭހަ އިންތިޒާމްތަކެއް ހަަމަޖައްސާ ދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިންމު ވައުދުފުޅެއް ކަމަށެވެ.
އަދި އެ ވައުދު ފުއްދިގެން ދިއުމަކީ އަންހެން އުފެއްދުންތެރިންނަށާއި، ވިޔަފާރި ވެރިންނަށް ލިބުނު ވަަރަށް ބޮޑު ހިތްހަމަޖެހުމަކާއި، ހިތްވަރެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މިކަމުގެ މަންފާކުރާނީ ހަމައެކަނި އަންހެން ވިޔަފާރިވެރިންނަކަށް ނޫން. މިއީ އެ އާއިލާތަކަށް ވެސް ޖުމްލަ ގޮތެއްގައި މުޅި މުޖުތަމައަށް ވެސް ލިބޭ ފަހި މަގަކަށް، ކުރިމަގަކަށް އަދި ފުއްދުންތެރިކަމަކަށް އިތުރުކުރެވޭ އާ މަގަކަށް ވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މިނިސްޓަރު ވިދާޅުވީ އަންހެނުންނަށް ހާއްސަކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ސަރުކާރުން ނިންމާފައިވާއިރު ކުދި ވިޔަފާރިތަކަށް ވެސް މާލީ އެހީ ދިނުމަށް ލޯނެއް ވަރަށް އަވަހަށް ތައާރަފުކުރެވޭނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
