މާލެ: 31°C
ވިލިމާލޭގެ ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ސްޓެލްކޯއިން ސާވޭއެއް ހަދައިފި

ވިލިމާލޭގެ ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ސްޓެލްކޯއިން ސާވޭއެއް ހަދައިފި

January 3, 2024
3 ފަހަރު ބަލާފައި
ވިލިމާލޭގެ ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ސްޓެލްކޯއިން ސާވޭއެއް ހަދައިފި
ވިލިމާލޭގެ ކަރަންޓު ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި ސްޓެލްކޯގެ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓާއި، ރީޖަނަލް ޕަވާހައުސް ޑިޕާޓްމަންޓް ގުޅިގެން ސާވޭއެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފިއެވެ. ސްޓެލްކޯއިން ބުނީ މިއީ ވިލިމާލެއަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ދުރުރާސްތާ ޕްލޭނެއް އެކުލަވައިލުމަށް ކުރާ ކަމެއް ކަމަށެވެ.

ވިލިމާލޭގެ ކަރަންޓުގެ ހާލަތު ދިރާސާކޮށް، ކަރަންޓުގެ ވިއުގަ މަރާމާތުކުރުމަށާއި އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވާރަމަންޓް އެންޑް އެނާޖީއާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މަހުގެ 23ވަނަ ދުވަހެވެ.

މި އެއްބަސްވުމުގެ ތެރެއިން މިހާރު ވިލިމާލޭގައި އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތަކާއި، މިހާރު ބޭނުންކުރަމުންދާ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަންނާނެއެވެ.

އަދި އެ މައްސަލަތައް ހައްލުކުރުމަށް ކުރެވޭނެ ކަންކަން ދެނެގަނެ، ކުރިއަށްއޮތް 20 އަހަރު ދުވަހަށް ޑިމާންޑް އިތުރުވާނެ މިންވަރާއި، މި ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރަންހުރި މަސައްކަތްތައް ދެނެގަންނާނެއެވެ.

އެއާއެކު، ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އިންވެސްޓްމަންޓް ދެނެގަތުމާއި، ނިޒާމު މަރާމާތު ކުރުމަށާއި އަޕްގްރޭޑްކުރުމަށް މަޝްރޫއެއް އެކުލަވައިލައި އެ މަޝްރޫއު ތަންފީޒުކުރާނެ ގޮތުގެ އެކްޝަން ޕްލޭނެއް ތައްޔާރުކުރުން ވެސް ހިމެނެއެވެ.

އެ ކަމަށް ޓަކައި ސްޓެލްކޯއިން ވިލިމާލޭގައި ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ކަރަންޓުގެ ޑިމާންޑް ސްޓަޑީއެއް ހަދާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ