
ގައުމަށާއި ރައްޔިތުންނަށް ނަފްރަތު ލިބިދޭގޮތަށް އަމަލުކުރި ސަރުކާރުގެ އިސް އޮފިޝަލުން މަގާމުތަކުން ވަކިކުރުމަށް އެމްޑީޕީ އިން ގޮވާލައިފި
ގައުމަށާއި ރައްޔިތުންނަށް ނަފްރަތު ލިބިދޭގޮތަށް އަމަލުކުރި ސަރުކާރުގެ އިސް އޮފިޝަލުން މަގާމުތަކުން ވަކިކުރުމަށް އެމްޑީޕީ އިން ގޮވާލައިފި
ލިޔުން:
އަވަށްޓެރި އިންޑިއާގެ ބޮދުވަޒީރަށް އިހާނަތިކޮށް ސޯޝަލް މީޑިއާގައި ލިޔަމުންގެންދެވި މި ސަރުކާރަށް ނިސްބަތްވާ ސީނިއާރ އޮފިޝަލުން މިހާރުން މިހާރަށް މަގާމުތަކުން ވަކިކުރުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އިން ގޮވާލާފިއެވެ.
މިގޮތަށް ގޮވާލާފައި އެޕާޓީން ނެރެފައިވާ ނޫސްބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ ރާއްޖެއަކީ ސުލްހަ މަސަލަސްކަމަށް ލޯބިކުރާ ދޭދޭ ގައުމުތަކާއެކީ އަބަދުވެސް އެކުވެރިކަން ބާއްވަމުން އަންނަ ގައުމެއްކަމަށާއި، ސިޔާސީ މަންފާއެއް ހޯދުމަށް ޕީޕީއެމް.ޕީއެންސީ ގެ އިސްފަރާތްތަކުން ފަށާފައިވާ ރުޅިވެރިކަމުގެ ކެމްޕެއިން ފުޅާވެ ހާރިޖީ ގުޅުންތަކަށް އެކަމުގެ ކިލަބުކަން މިހާރުވަނީ ކުރިމަތިވާން ފަށާފައިކަމަށް ވެސް ބަޔާންކޮށްފައިވެއެވެ،
އަދި އެދަފަ ދިންމާދާރުކަންކުޑަ ގައުމަށާއި ރައްޔިތުންނަށް ގެއްލުންވާފަދަ އަމަލުތަށް އެޕާޓީން ކުއްވެރިކުރާކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
އިންޑިއާގެ ބޮޑުވަޒީރަށާއި އެގައުމަށް ކުޑާމީސްކޮށް ޝުއޫރު ފާޅުކުރި މައްސަލަ މިހާރު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. މި މައްސަލައިގައި ސަރުކާރު ހޫނު ފެނަށް ވެއްޓުމާއެކު ސިޔާސީ މަޤާމްތަކުގައި ތިއްބެވި 3 ފަރާތެއް ވަނީ ސަސްޕެންޑްކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
