
ސިއްޙީ ދާއިރާއަށް ގެންނަން ބޭނުންވި ބަދަލު އަންނަމުން ދަނީ ބޭނުންވި ސްޕީޑުގައެއް ނޫން: ރައީސް
ސިއްޙީ ދާއިރާއަށް ގެންނަން ބޭނުންވި ބަދަލު އަންނަމުން ދަނީ ބޭނުންވި ސްޕީޑުގައެއް ނޫން: ރައީސް
ލިޔުން:
ރާއްޖޭގެ ސިއްޙީ ދާއިރާއަށް ވެރިކަމުގެ މި ދައުރުގައި ގެންނަން ބޭނުންފުޅުވި ބަދަލު އަންނަމުންދަނީ ބޭނުންވި ސްޕީޑުގައި ނޫންކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ހއ. އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުގައި ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށަކުން އެމަނިކުފާނުގެ އަރިހުން ކުރުމަށް އެދުނު ހުރިހާ ކަމެއްވެސް ފުއްދަވާ ދެއްވަމުން ގެންދަވާ ކަމަށާއި، އަދި އޭގެ ތެރެއިން ގިނަ ކަންކަން މިހާރު ނިމިފައިވާއިރު، ބާކީހުރި ކަންކަން މިހާރު ދަނީ ނިމެމުން ކަމުގައެވެ.
އެހެންނަމަވެސް މިވަގުތު ކުޑަކޮށްވެސް ތަންކޮޅެއް ފަހަތުގަ އުޅޭ ދާއިރާއަކީ ސިއްޙީ ދާއިރާ ކަމުގައި ވިދާޅުވިއެވެ. އެ ދާއިރާއިން ފެށި މަސައްކަތް ބޭނުންވި ސްޕީޑުގައި ކުރިޔަށް ނުދާކަމަށް ގަބޫލު ކުރައްވާ ކަމުގައެވެ.
"އިތުރު ހޮސްޕިޓަލްތައް އެޅެމުން އެބަދޭ. މިރަށަކީ ހޮސްޕިޓަލެއް ބޭނުންވާ ރަށެއް. މިހާރު ހުރި ހޮސްޕިޓަލުގެ ބަދަލުގައި އާ ހޮސްޕިޓަލެއް އަޅަންޖެހޭ. އެކަން ކުރުމުގެ ކުރިން މިހާރު ހުރި ހޮސްޕިޓަލުން ދޭ ޚިދުމަތްތައް ރަގަޅު ކުރުމުގެ މަސައްކަތް އަޅުގަޑުމެން ކުރިޔަށް އެބަ ގެންދަން. އިރާދަ ކުރެއްވިއްޔާ އަޅުގަޑުމެން ވެފައި އޮތް ވައުދާ އެއްގޮތަށް މިރަށުގެ އާ ހޮސްޕިޓަލްވެސް އެޅިގެންދާތަން ތި ބޭފުޅުންނަށް ފެނިގެން ދާނެ." ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ސާލިހުވަނީ، ހއ. ހޯރަފުށި، ތުރާކުނު، އުލިގަމު، މޮޅަދޫ، އިހަވަންދޫ، މާރަންދޫ، ތަކަންދޫ، ކެލާ، ވަށަފަރު، އަދި ދިއްދޫއަށް ވަޑައިގެންފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
