މާލެ: 31°C
ރައީސްގެ ދަތުރުފުޅާ ދިމާކޮށް އިހަވަންދޫ ކައުންސިލަރުން ނިކުމެ ރަށުގައި ބޭއަދަބީ ބެނާ ދަމައިފި

ރައީސްގެ ދަތުރުފުޅާ ދިމާކޮށް އިހަވަންދޫ ކައުންސިލަރުން ނިކުމެ ރަށުގައި ބޭއަދަބީ ބެނާ ދަމައިފި

July 19, 2023
2 ފަހަރު ބަލާފައި
ރައީސްގެ ދަތުރުފުޅާ ދިމާކޮށް އިހަވަންދޫ ކައުންސިލަރުން ނިކުމެ ރަށުގައި ބޭއަދަބީ ބެނާ ދަމައިފި
ރައީސްގެ ދަތުރުފުޅާ ދިމާކޮށް އިހަވަންދޫ ކައުންސިލަރުން ނިކުމެ ރަށުގައި ބޭއަދަބީ ބެނާ ދަމައިފިއެވެ. އަންނަ ސެޕްޓެމްބަރ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ސޯލިހު މިއަދު ހއ. އަތޮޅަށްް ކުރައްވާ ދަތުރުފުޅުގައި 2 ވަނައަށް ވަޑައިގަންނަވާނީ އިހަވަންދުއަށެވެ. ރައީސްގެ ދަތުރުފުޅާ ދިމާކޮށް އިއްޔެއިން ފެށިގެން އެރަށު ޕީޕީއެމް ހަރުގޭގައި ބޭއަދަބީ ބަސްތައް ހިމެނޭ ލަވަތައް އަންނަނީ އަޑުދަގަކޮށް ޖަހަމުންނެވެ. ރައީސްގެ މިދަތުރުފުޅާ ދިމާކޮށް ރަށުގެ ކައުންސިލަރުން އިސްވެތިބެ މިފަދަ ހުތުރު އަމަލެއް ހިންގުމުން ރަށުގެ ރައްޔިތުންގެ ފާޑުކިޔުން ވަނީ ކައުންސިލަށް އަމާޒުވެފައެވެ. "މިރަށުގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް އެބަ ހިންގާ. މީގެކުރިން ދުވަހަކުވެސް ނުހިންގާ ވަރަށް މިރަށުގައި ތަރައްޤީގެ މަޝްރޫޢުތައް އެބަ ހިނގާ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ކައުންސިލަރުން ނިކުމެ މިކުރީ ވަރަށް ޒިންމާދާރުކަން ކުޑަ ހުތުރު އަމަލެއް. އަޅުގަނޑަކީވެސް ޕީޕީއެމް މީހެއް. އެކަމަކު މިފަދަ ކަންކަމާ ދެކޮޅު. ރަށަށް އަންނަ ތަރައްޤީ ބަލަގަންނަންވާނެ. ކޮންމެ ބަޔަކު ކަމެއް ކޮށްދިނަސް އެކަން ބަލައިގަންނަންވާނެ. މިފަހަރު މިއޮތީ ރައްޔިތުންގެ މަސްލަހަތަށްވުރެ ކައުންސިލަރުންގެ އަމިއްލަ މަސްލަހަތު އިސްކޮށްފަ." އިހަވަންދޫ ޕީޕީއެމްގެ މެމްބަރަކު ބުންޏެވެ. އިހަވަންދޫ ކައުންސިލްގެ 7 މެމްބަރުންނަކީވެސް ޕީޕީއެމްގެ މެމްބަރުންނެވެ. ރައީސްގެ ހއ. އަތޮޅަށް ކުރައްވާ ދަތުރުޅުގައި ފުރަތަމަ ވަޑައިގަންނަވާނީ ހޯރަފުއްޓަށެވެ. އެރަށުގައި ރައީސާ ދެކޮޅަށް އަޑުއުފުލާ މުޒާހަރާ ކުރުމަށް ޕީޕީއެމްއިން މާލޭގައި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ އެކްޓިވިސްޓުން މިހާރު ވަނީ ހޯރަފުއްޓަށް ގޮސްފައެވެ. އަދި މުޒާރަހާ ކުރާ ޓީމު އިހަވަންދޫއަށްވެސް ގޮސް މުޒާހަރާކޮށް އަމަން އަމާންކަށް ނަގާލަން މަސައްކަތް ކުރާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ