ރ. ފުއްގިރީ މައްސަލާގައި ހިމެނޭ ބައެއް މީހުން ބައްދަލުވުމެއްގައި ތިއްބާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހަވާލުކުރި ދަބަހެއް އެތަނަށް ގެންގޮސްދިން ކަމަށް އޭނާގެ ބޮޑީގާޑް އަހުމަދު އާމިރު ބުނެފި އެވެ.
އޭނާ މިހެން ބުނީ، ފުއްގިރި ކުއްޔަށް ދޫކުރި މައްސަލާގައި، ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ދައުވާގައި ހެކި ބަސް ދެމުންނެވެ. މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އާމިރު ހެކިބަސް ދިނީ މެލޭޝިއާގައި ހުރެ، އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ހާޒިރުވެގެންނެވެ. އާމިރުގެ ހެކިބަސް ނަގަން ފުރަތަމަ ތާވަލްކުރީ މިދިޔަ އާދީއްްތަ ދުވަހަށެވެ. ނަމަވެސް އާދީއްތަ ދުވަހު ތާވަލްކުރި އަޑުއެހުން ކެންސަލްވީ އެދުވަހަކީ މެލޭޝިއާއަށް ބަންދު ދުވަހަކަށްވާތީ ހައިކޮމިޝަން ބަންދުވުމުގެ ސަބަބުންނެވެ.
އާމިރު ހެކިބަސް ދެމުން ބުނީ އެ ބައްދަލުވުމުގައި އަދީބުގެ އިތުރުން އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ޒިޔަތާއި ޔާމީނަށް ރިޝްވަތު ހުށަހެޅުމުގައި މެދުވެރިއަކަށްވި ކަމަށް ބުނާ އަހުމަދު ކްރިކް ރިޒާ ބައިވެރިވި އެވެ. ދެން އެ ބައްދަލުވުމުގައި ތިބީ ސަން ކުންފުނީގެ ވެރިޔާ، މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ ކޮއްކޮއެއް ކަމަށްވާ ސާލިމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ މައުރޫފް ކަމަށް އާމިރު ބުންޏެވެ.
އާމިރު ބުނީ އެ ދަބަހުގައި ހުރީ ކޯއްޗެއްކަން ނޭންގޭ ކަމަށާއި އަދި އެ ބައްދަލުވުމުގައި ދެކެވުނު އެއްވެސް ވާހައެއް ނޭންގޭ ކަމަށެވެ. 2015 ވަނަ ވަނަ އަހަރު އެމްއެމްޕީއާރުސީގެ މީޓިން ރޫމުގައި ކުރިއަށްދިޔަ އެ ބައްދަލުމުގައި އެ ދަބަސް ގެންދިއުމުން އެެދަބަހާ ހަވާލުވީ އެމްއެމްޕީއާރުސީގެ މުވައްޒަފެއް ކަމަށް އާމިރު ބުންޏެވެ،






