
ރައީސްގެ ހއ އަތޮޅު ދަތުރުފުޅާ ދިމާކޮށް ރަށްރަށުގައި މުޒާހަރާ ކުރަން އިދިކޮޅުން މާލޭގައި މުޒާހަރާ ޓީމު ގެންދަނީ!
ރައީސްގެ ހއ އަތޮޅު ދަތުރުފުޅާ ދިމާކޮށް ރަށްރަށުގައި މުޒާހަރާ ކުރަން އިދިކޮޅުން މާލޭގައި މުޒާހަރާ ޓީމު ގެންދަނީ!
ލިޔުން:
ރައީސުލްޖުމްހޫރިއްޔާ ހއ އަތޮޅަށް މާދަމާ ކުރައްވާ ދަތުރުފުޅާ ދިމާކޮށް އެމަނިކުފާނާ ދެކޮޅަށް މުޒާހަރާ ކުރަން މާލޭގައި މުޒާހަރާ ކުރާ ޓީމު ހއ އަތޮޅަށް ގެންދާ ކަމަށް މައުލޫމާތުލިބިއްޖެއެވެ.
މިނިވަން ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިދިކޮޅުން މާލޭގައި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ އެކްޓިވިސްޓުން މިހާރު ވަނީ ހއ. އަތޮޅަށް ގޮސްފައެވެ. ބޭނުމަކީ ރަށްރަށުގައި އެމަނިކުފާނާ ދެކޮޅަށް އަޑުއުފުލައި އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިނަށް ހުރަސް އެޅުން ކަމަށް މައުލޫމާތު ލިބެއެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް ރައީސް ސޯލިހު ވަނީ މެދުރާއްޖެތެރޭގެ ވ.މ. އަދި ފ އަތޮޅަށް ޒިޔާރަތް ކުރައްވާފައެވެ. މިރަށްރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައި ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވާއިރު، ރައީސްގެ މިދަތުރުފުޅުގައި ރައްރަށުގެ ތަރައްޤީގެ އާ މަޝްރޫޢުތައް އިފްތިތާހުކުރެއްވުމާއި، ނިމިފައިވާ މަޝްރޫއުތައް ހުޅުއްވައިދެއްވުމަކީ އިދިކޮޅަށް ބަލަން އެހާ ފަސޭހަ އަދި ހަޖަމްކުރަން އެހާ ފަސޭހަ މަންޒަރުތަކެއް ނޫންކަމަށް އިދިކޮޅުގެ އެކްޓިވިސްޓަކު ބުންޏެވެ. އެހެންކަމުން ރަށްރަށުގައި މުޒާހަރާކޮށް އެމަނިކުފާނާ ދެކޮޅަށް އަޑުއުފުލާނެ މީހަކު ނެތުމުން "އިންޑިއާ އައުޓް"އާ ދެކޮޅަށް މާލޭގައި މަދު ބަޔަކު ކުރާ މުޒާހަރާތަކުގައި އިސް ސަފުގައި ހަރަކާޔްތެރިވާ މީހުން ރަށްރަށަށް ގެންގޮސް ރައީސާ ދެކޮޅަށް މުޒާހަރާ ކުރުމަށް ރާވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ރިޔާސީ ކެމްްޕެއިންގައި މާދަމާ ރައީސް ސޯލިހު ހއ. އަތޮޅަށް ވަޑައިގަންނަވާނެއެވެ. ރިޔާސީ އިންތިހާބަށް ދޮޅުމަހަށް ގާތްވެފައިވާއިރު ރިޔާސީ ކެންޑިޑޭޓަކު ނުދެއްކި އިދިކޮޅުން އުޅެނީ ވިއްސި ވިހާލިވެގެންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
