މާލެ: 31°C
ކޮމަންޑޫ ޖެޓީގައި ޖެހި އެފްއެސްއެމްގެ ތެޔޮ ބޯޓެއް ފަޅައިގެން ހިނގައްޖެ

ކޮމަންޑޫ ޖެޓީގައި ޖެހި އެފްއެސްއެމްގެ ތެޔޮ ބޯޓެއް ފަޅައިގެން ހިނގައްޖެ

July 14, 2023
2 ފަހަރު ބަލާފައި
ކޮމަންޑޫ ޖެޓީގައި ޖެހި އެފްއެސްއެމްގެ ތެޔޮ ބޯޓެއް ފަޅައިގެން ހިނގައްޖެ
ށ. ކޮމަންޑޫއަށް ތެޔޮ އަންލޯޑުކުރަމުން ދަނިކޮށް، އެ ރަށު ޖެޓީގެ ޝީޓް ޕައިލްއެއްގައި ޖެހި، އެފްއެސްއެމްގެ ތެޔޮ ބޯޓެއް ފަޅައިގެން ގޮސް ދިޔަވާން ފެށުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބުމާއެކު، އެ ސަރަހައްދަށް ގޮސް، މިއަދު 10:00 ހާއިރުން ފެށިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ދަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ޝީޓް ޕައިލްގައި ޖެހި އެފްއެސްއެމްގެ ތެޔޮ ބޯޓުން 8 އިންޗި ވަރުގެ ތަނެއް ފަޅައިގެން ގޮސްފައިވާއިރު، ބޯޓު މިހާރު އޮތީ ށ.މަތިކޮމަންޑޫއަށް ބީއްސާލާފައެވެ. އަދި، ފަޅައިގެން ގޮސްފައިވާ ތަނަށް އުނގުރިއެއް ޖަހައި ދިޔަވުން މިހާރު ވަނީ ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ