ކުރީގެ ނައިބްރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގެންފި

ކުރީގެ ނައިބްރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގެންފި
ލިޔުން:
ފުރާނައަށް ނުރައްކާތެރި ބައްޔަކަށް މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިތުރު ފަރުވާއަށް ސިންގަޕޫރަށް ފުރައިފިއެވެ.
އަދީބު ބޭސްފަރުވާއަށް ފުރީ މިރޭ 11:30ގައި ސިންގަޕޯ އެއާލައިންސްގެ ފްލައިޓެއްގައެވެ.
ބޭސްފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް އޭނަގެ އާއިލާ އިން ކަރެކްޝަންސްއަށް އެދިވަޑައިގަތީ މިދިޔަ ހަފުތާގައި އަދީބުގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗްގައި އެޑްމިޓްކުރި ފަހުންނެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކުރި ޓްވީޓެއްގައި ބުނީ ރާއްޖެއިން ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށް އަދީބު ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ މެޑިކަލް ބޯޑުގެ ލަފައާއެކު ދީފައިވާ ކަމަށެވެ.
[embed]https://twitter.com/CorrectionsMv/status/1678676609015099392?s=20[/embed]
މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ (އެމްޓީޑީ) އިން ބުނީ އަދީބަށް ޖެހިފައި ވަނީ ނާރުގެ ނިޒާމަށް އަސަރުކުރާ ފުރާނައަށް ނުރައްކާތެރި ބައްޔެކެވެ. އަދި މި ބަލި ފެނުނު ކަމަށް ބެލެވެނީ 2015 އިން ފެށިގެން 2018 ގެ ނިޔަލަށް ތިން އަހަރު ދުވަހުގެ މުއްދަތަކަށް ޖަލުގައި ބަންދުކޮށްފައި ހުއްޓާ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
2015 އިން ފެށިގެން ޖަލުގައި ހުންނެވިއިރު ސިއްހީ ބޮޑެތި މައްސަލަތަކެއް އަދީބަށް ވަނީ ކުރިމަތި ވެފައެވެ. އޭރުގެ ސަރުކާރުން އަދީބަށް ބޭނުންވި ބޭސްފަރުވާ ނުދެވުމުން، ހިއުމަން ރައިޓްސް ކޮމިޝަނާއި ބޭރުގެ ޖަމިއްޔާ ތަކުން ވަނީ، އަދީބަށް ސިއްހީ ފަރުވާ ދޭން ސަރުކާރަށް ގޮވާލާފަ ވެއެވެ.
އަދީބުގެ މައްޗަށް ޝަރީއަތް ކުރާ އެއްވެސް މައްސަލައެއް މިހާރު އެއްވެސް ކޯޓެއްގައި ނެތެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
