މިއަދު އިއްވި އީދު ހުތުބާގައި ވިދާޅުވީ، އިސްލާމް ދީނުގައި އީދުތަކަކީ ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވެގަތުމާ ގުޅިގެން ވިދިގެން އަންނަ ދުވަސްތަކެއް ކަމަށެވެ.
ޚުޡުބާގައި ވިދާޅުވެފައިވަނީ، ކުޅިވަރު ކުޅުމާއި އުފާ ކުރުމާއި، ކެއިންބުއިމަކީ އީދުގެ އުފަލެއް ކަމުގައެވެ. އަދި ޚުޡުބާގައި ވިދާޅުވީ މުސްލިމުން އީދު ފާހަގަ ކުރާންވާނީ އެހެން މީހުން އީދު ފާހަގަ ކުރާގޮތް ކޮޕީ ކޮށްގެން ނޫން ކަމުގައެވެ.
"މާތް ﷲގެ އަޅުތަކުންނެވެ! އީދު ދުވަސްތައް އުފާވެރި ބާއްޖަވެރި ދުވަސްތަކެއް ކަމުގައި ހަދާށެވެ! އެކަކު އަނެކަކަށް ހިތްހެޔޮ ކުރުމުގެ ދުވަސްތަކަކަށް ހަދާށެވެ! އެކަކު އަނެކަކަށް އަޅައިލާ ދުވަސްތަކަކަށް ހަދާށެވެ! އެއްބަޔަލު އަނެއް ބަޔަކާއި އަތްޖޯޑުކޮށް، ސަމާލްގަލާން ކުރާ ދުވަސްތަކަކަށް ހަދާށެވެ! ހެޔޮކަންތަކާއި ތަޤުވާވެރިކަމުގައި އެއްބާރުލާށެވެ! ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ! ޔަތީމުންނަށް ރަޙުމް ކުރާށެވެ! އިސްލާމް ދީނުގައި މަތިވެރި އަޚްލާޤުން ޒީނަތްތެރިވެފައިވާ ބަޔަކަށް ހަދާށެވެ!" ޚިތުބާގައި ވިދާޅުވިއެވެ.
ހުތުބާގައި ބުނި ގޮތުގައި މާތް ﷲ އީދު ޝަރްއު ކުރެއްވީ އުންމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށެވެ. އެކެއްގެ ކެކުޅުންތައް އަނެކަކު ބަރުދާސްތުކޮށް އެންމެން އެކަތިގަނޑަކަށް ވުމަށް ކަމަށް ވެސް ހުތުބާގައިވެއެވެ.
"އީދާއި ހައްޖަކީ ސުލްހަމަސްލަސްކަން ގެނުވައިދޭ އަޅުކަންކަމެވެ. ކޮންމެ ހައްޖެއްގައި ވެސް ހައްޖުވެރިއަކަށް ވެސް އަނެކާ އަށް ހުރުމަތްތެރިކޮށް ހިތަން ދަސްވެއެވެ." ހުތުބާގައިވެއެވެ.







