ޕީޕީއެމްގެ އެހީތެރިކަމާއެކު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ!

ޕީޕީއެމްގެ އެހީތެރިކަމާއެކު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ!
ލިޔުން:
އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމް ކޯލިޝަންގެ އެހީތެރިކަމާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ މަސައްކަތް ރައީސް ނަޝީދު ފައްޓަވައިފިއެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޖަލުހުކުމެއްގައި ހުންނެވުމުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވިދާނެތޯ ނުވަތަ ނޫންތޯ ސުވާލު އުފެދިފައިމިވާ ދަނޑިވަޅުގައި ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ ޕީޕީއެމްގެ ތާއީދާއެކު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށެވެ. ރައީސް ނަޝީދަށް ތާއީދުކުރައްވާ ދަ ޑިމޮކްރަޓްސްގެ އިސް ފަރާތަކުން ބުނީ ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭނަމަ ޕީޕީއެމްގެ ތާއީދާއެކު ރައީސް ނަޝީދު ރިޔާސީ އިންތިހާބަށް ނިކުތުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި ރައީސް ޔާމީނަށް ކުރިމަތި ލެވޭނަމަ ރައީސް ނަޝީދުގެ ތާއީދު ރައީސް ޔާމީނަށް ލިބޭނެ ގޮތަށް މަޝްވަރާތައް ކުރިއަށްދާކަމަށް މައުލޫމާތު ލިބެއެވެ.
"ރައީސް ނަޝީދާއި ރައީސް ޔާމީންގެ ސިޔާސީ ވިސްނުން ދާދި އެއްގޮތް. ދެބޭފުޅުންވެސް ތާއީދު ކުރައްވަނީ ބަރުލަމާނީ ނިޒާމަށް. އެހެންކަމުން އެކީގައި މަސައްކަތްކުރެވިދާނެ." ދަ ޑިމޮކްރެޓްސްގެ އޮފިޝަލަކު ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނަމަ ޕީޕީއެމުން އެހެން ކެންޑިޑޭޓެއް ނެރުމަކީ ރައީސް ޔާމީން ކުރައްވާނެ ކަމެއް ނޫންކަމަށް ސިޔާސީ މަޝްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ސަބަބަކީ ރައީސުލްޖުމްހޫރިއްޔާގެ ބާރު ގަދަވެ ޕާޓީގެ ލީޑަރު އަތުން ޕާޓީ ޖަހައިގަތުން ފަދަ ކަންތައް މާޒީއިން ފެނިފައިވާތީއެވެ. ރައީސް މައުމޫންގެ ތާއީދާއެކު ރައީސް ޔާމީނަށް ވެރިކަން ލިބުމުން ރައީސް މައުނޫން ޕާޓީން ބޭރުވިއެވެ. އަދި ރައީސް ނަޝީދުގެ ތާއީދާއެކު ރައީސް ސޯލިހަށް ވެރިކަން ލިބުމުން ރައީސް ނަޝީދުވެސް މިހާރު މިވަނީ ޕާޓީން ބޭރުވެފައެވެ. މި ތަޖުރިބާތަކަށް ބެލުމަށްފަހު ޕީޕީއެމްގެ ތެރެއިން އެހެން ބޭފުޅަކު ރިޔާސީ ޓިކެޓްގެ ވާހަކަދެއްކުމަކީ ރައީސް ޔާމީނަށް ހަޖަމްވާނެ ކަމެއް ނޫނެވެ.
އެމްޑީޕީގެ ޕްރައިމަރީން ބަލިބުމަށްފަހު ބަލިގަބޫލުކުރެއްވިކަން އިއުލާންކުރެއްވުމަށްފަހު "ފިކުރެއްގެ ދިރުން"ގެ ނަމުގައި ރައީސް ނަޝީދު އިސްވެހުރެ ވަކި ޖަމާއަތެއް އުދައްދާ ޕްރައިމަރީ ކާމިޔާބުކުރެއްވި ރައީސް ސޯލިހާ ދެކޮޅަށް މަސައްކަތް ފެއްޓެވިއެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއެކު ބައްދަލުވުންތައް ބާއްވަވާ ރައީސް ނަޝީދު މަޝްވަރާ ކުރެއްވިއެވެ. ނަމަވެސް ޤާސިމްގެ ރިޔާސީ ކެމްޕެއިން ލޯންޗް ކުރެއްވުމަށްފަހު ޤާސިމްއާއެކު އެއްވެސް މަޝްވަރާއެއް ރައީސް ނަޝީދު ނުކުރައްވައެވެ. މިހާރު އެމަނިކުފާނު މަސައްކަތް ކުރައްވަނީ ޕީޕީއެމްގެ ތާއީދާއެކު އިންތިހާބުގައި ވާދަކުރެއްވުމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
