
ކޯޓްނީ އާއި ޓްރެވިސް އަށް ދަރިއަކު ލިބެނީ
ކޯޓްނީ އާއި ޓްރެވިސް އަށް ދަރިއަކު ލިބެނީ
ލިޔުން:
އެމެރިކާގެ މަޝްހޫރު އާއިލާ އަކަށް ނިސްބަތްވާ އަދި ރިއަލިޓީ ޓީވީގެ ތަރި ކޯޓްނީ ކާޑޭޝިއަންއާއި އޭނާގެ ފިރިމިހާ ޓްރެވިސް ބާކާ އަށް ދަރިއަކު ލިބެން އުޅޭ ކަމަށް އިއުލާންކޮށްފިއެވެ.
ކޯޓްނީ ބަލިވެ އިނދެފައި މިވަނީ އެމެރިކާގެ މަޝްހޫރު މިއުޒިޝަން ޓްރެވިސް އާއި ކައިވެނިކުރިތާ އެއް އަހަރު ފަހުންނެވެ. މިދިޔަ އަހަރުގެ މޭ މަހު އިޓަލީގައި ކައިވެނިކުރި މި ދެމީހުންނަށް ކުރީގެ ލޯބިވެރިންނާއެކު ދަރިން ލިބިފައިވެއެވެ. ކޮޓްނީގެ 3 ދަރިންނާއި ޓްރެވިސް ގެ 2 ދަރިން ވެސް ވަނީ ކައިވެނި ހަފްލާގައި ބައިވެރިވެފައެވެ. ނަމަވެސް މިއީ މިދެމަފިރިންގެ ފުރަތަމަ ދަރިއެވެ.
އުމުރުން 44 އަހަރުގެ ކޯޓަނީ ވަނީ ރޭ ލޮސް އެންޖެލިސްގައި ބޭއްވި ބްލިންކް-182 ކޮންސެޓްގައި އޭނާގެ ފިރިމީހާ ޓްރެވިސް އާއިއެކު ދަރިއަކު ލިބެން އުޅޭ ކަމަށް އިއުލާން ކޮށްފައެވެ. "ޓްރެވިސް އަހަރެން ބަނޑުބޮޑު" ލިޔެފައިވާ ނިޝާނެއް ކޯޓްނީ އުފުލާ ވީޑިއޯއެއް އޭނާ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.
ހުލޫ ޝޯ ދަ ކާޑޭޝިއަންސް އިން ފޭނުންނަށް ފެނިފައިވާ ގޮތުގައި ކޯޓް އާއި ޓްރެވިސް އެކުގައި ދަރިއަކު ހޯދަން މަސައްކަތް ކުރާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ދެމަފިރިން ދަރިއަކު ހޯދުމަށް އައިވީއެފް ހަދަމުން އައި ނަމަވެސް ގިނަ ފަހަރު މަތިން ނާކާމިޔާބު ވުމުން އައިވީއެފް ހުއްޓާލާފައިވާ ކަމަށް އެ ޝޯގެ އެޕިސޯޑެއްގައި ބުނެފައިވެއެވެ. އެގޮތުން އޭނާ ބުނީ ވަގުތު އައިސް ޖެހުމުން ވާން އޮތް ހުރިހާ ކަމެއް ވާނެ ކަމަށެވެ.
އިތުރަށް ކޯޓްނީ ބުނީ އައިވީއެފްގެ ސަބަބުން އޭނާގެ ސިއްހަތާއި ނަފްސާނީ ގޮތުން ވެސް ގެއްލުން ލިބުނު ކަމަށެވެ. ހޯމޯނަށް އަންނަ ބަދަލުތަކާއި ތަފާތު ބޭސްތަކުގެ ސަބަބުން ނިދަން އުނދަގޫވެ، މިކަހަލަ އެތަށް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ކަމަށް ކޯޓްނީ ހިއްސާކުރިއެވެ.
ކަލަބަސާސްގައި އަވަށްޓެރިއެއްގެ ގޮތުގައި ގިނަ އަހަރުތަކެއް އުޅުމަށްފަހު، ކޯޓްނީ އާއި ޓްރެވިސްގެ ގުޅުން ބަދަލުވީ ލޯބީގެ ގުޅުމަކަށެވެ.
ކޯޓްނީގެ ކުރީގެ ލޯބިވެރިޔާ ސްކޮޓް ޑިސިކް އާއިއެކު ލިބިފައިވަނީ މޭސަން ޑިސިކް 13، ޕެނެލޯޕް ޑިސިކް 10، އަދި ރެއިން ޑިސިކް 8 އެވެ. އޭގެ އިތުރުން ޓްރެވިސް އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ޝަނާ މޮކްލަރ ގެ ހުންނަނީ ލެންޑަން ބާކާ 19، އާއި އަލަބާމާ ބާކާ، 17 އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
