
ދަ ޑިމޮކްރެޓްސްގެ ހަރުގެ އަށް ކަޅުތެޔޮ ޖެހި މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރޭ: ފުލުހުން
ދަ ޑިމޮކްރެޓްސްގެ ހަރުގެ އަށް ކަޅުތެޔޮ ޖެހި މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރޭ: ފުލުހުން
ލިޔުން:
ދަ ޑިމޮކްރެޓްސްގެ ހަރުގެ އަށް ބަޔަކު ކަޅުތެޔޮ ޖެހި މައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.
މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ، ޑިމޮކްރެޓުންގެ ޖަގަލަ އަށް ހަދައި އެ ޕާޓީގެ ގިނަ މެމްބަރުން ތަކެއް ހަރުގޭގައި ތިއްބަވަނި ކޮށް ކަޅުތެޔޮ ޖެހި ބަޔަކު އެކަން ކޮށްފައި ވަނީ ސައިކަލުގައި ދަމުންނެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ އެމައްސަލަ ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި ނަމަވެސް މިހާ ތަނަށް އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.
ކަޅުތެޔޮ ޖެހި މީހުން ވަނީ ދަ ޑިމޮކްރެޓްސްގެ ބޯޑަށާއި އެތަނުގައި ހުރި ބައެއް އުޅަނދުތަކަށް ވެސް ކަޅުތެޔޮ ޖަހާފައެވެ.
މީގެ އިތުރުން ހަރުގެ ސަރަހައްދުގައި ތިބި ބައެއް މީހުން ގަޔަށް ވެސް ކަޅުތެޔޮ ވަނީ ބުރާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
